ހުކުރު ކުރިން ދެ ވަގަކު އަތުލައިގެންފި، އެކަކު ތިން ރޯލު ސަތަރިއާއެކު އަނެކަކު އައިފޯނަކާއެކު

ބަރަކާތްތެރި ހުކުރު ދުވަހުގެ ވަގުތުތައް އަހަރެމެން ގުނަމުން އަންނައިރު މާލެ ތެރެ ޕެޓްރޯލު ކުރަމުން އަންނަ ފުލުހުން ދެ ވަގަކު މިއަދު ހެނދުނު އަތުލައިގެންފިއެވެ. އެގޮތުން އެއް ވަހަކު އަތުލައިގެންފައިވަނ...

06 Sep 2019 | 09:05

ބަރަކާތްތެރި ހުކުރު ދުވަހުގެ ވަގުތުތައް އަހަރެމެން ގުނަމުން އަންނައިރު މާލެ ތެރެ ޕެޓްރޯލު ކުރަމުން އަންނަ ފުލުހުން ދެ ވަގަކު މިއަދު ހެނދުނު އަތުލައިގެންފިއެވެ.

އެގޮތުން އެއް ވަހަކު އަތުލައިގެންފައިވަނީ ތިން ރޯލު ސަތަރި ހިފައިގެން އުޅެނިކޮށެވެ. އަނެއް ވަގު އަތުލައިގެންފައިވަނީ އައިފޯނެް ވަގަށް ނަގައިގެން އުޅެނިކޮށެވެ.

ފުލުހުން ބުނެފައިވާގޮތުގައި ވަގަށް ނަގާފައިވާ ތިން ރޯލު ސަތަރިއާކު އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ މިއަދު 11:37 ހާއިރުގައެވެ. ހައްޔަރުކުރީ ލޯކަލް މާރުކޭޓް ސަރައްހަދުންނެވެ. ހުއްޓުވަން އުޅުމުން ފިލަން މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދެވަނަ ވަގު އަތުލައިގަތީ 10:05 ހާއިރު ހަވީރީހިނގުމުންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާ އައިފޯނު 6 އެއް އޭނާގެ އަތުން ފެނުނު ކަމަށާއި އެއީ މާފަންނު ގެއަކުން ވަގަށް ނަގާފައިވާ ފޯނެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް