ކުޑަ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދިނުމަށްފަހު އެ ކުއްޖާއާއެކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަން ހިނގާފައިވަނީ ދެކުނުގެ އަތޮޅެއްގައެވެ.
"ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ބަދު އަހުލާގީ އަމަލު ހިންގަން ތިބި ކަމުގެ މައުލޫމާތު 2019 ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ 01:45 ހާއިރު ފުލުހުންނަށް ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދެ ދިވެހިންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް