ނިކީ މިނާޖް ލަވަކިއުން ހުއްޓާލައިފި

މަޝްހޫރު އަދި ވެހިންގެ ތެރޭގައިވެސް މަގްބޫލު އަންހެން ރެޕަރ އަދި ލަވަކިޔުންތެރިޔާ ނިކީ މިނާޖް އޭނާގެ މިއުޒިކީ ކެރިއަރު ނިންމާލިކަން އިއުލާނު ކޮށްފިއެވެ. ނިކީ މިނާޖް މިކަން އިއުލާނު ކޮށްފައިވަނީ އޭނާގެ...

06 Sep 2019 | 07:03

މަޝްހޫރު އަދި ވެހިންގެ ތެރޭގައިވެސް މަގްބޫލު އަންހެން ރެޕަރ އަދި ލަވަކިޔުންތެރިޔާ ނިކީ މިނާޖް އޭނާގެ މިއުޒިކީ ކެރިއަރު ނިންމާލިކަން އިއުލާނު ކޮށްފިއެވެ.

ނިކީ މިނާޖް މިކަން އިއުލާނު ކޮށްފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓްގައެވެ. އޭނާގެ 20 މިލިޔަން ޓްވިޓާ ފޮލޯވަރުންނާއި އޭނާގެ ސަޕޯޓަރުންނަށް އޭނާ އިއްޔެ ދިން ހަބަރަކީ މިއުޒިކީ ވިޔަފާރި ހުއްޓާލައި އެކަމުން ރިޓަޔަރ ކުރަން ނިންމި ކަމުގެ ހަބަރެވެ.

އުމުރުން 36 އަހަރުގެ ނިކީ މިނާޖް ބުނެފައިވަނީ މިއުޒިކީ ދާއިރާއިން ރިޓަޔަރ ކުރަން ނިންމީ "އަމިއްލަ އާއިލާއެއް" ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެހެން ނަމަވެސް އޭނާ ބަނޑުބޮޑުކަމެއް ނުވަތަ ކައިވެންޏެއް ކުރަނީ ކަމެއް ބުނެފައެއް ނުވެއެވެ.

މިއުޒިކީ ދާއިރާއިން ރިޓަޔަރ ކުރާކަން ނިކީ މިނާޖް އިއުލާނު ކޮށްފައިވާއިރު އޭނާގެ ލޯބިވެރިޔާ ކެނެތު ޕެޓީ އާއި ކައިވެނިކުރަން އުޅޭކަން ޖޫން މަހު އިއުލާނު ކޮށްފައިވެއެވެ. އަދި އޮގަސްޓް މަހު އޭނާގެ ޓްވިޓާ އެކައުންޓްގެ ނަން މިސިސް ޕެޓީއަށް ބަދަލުކޮށްފައިވެއެވެ. އެހެން ނަމަވެސް ކައިވެނި ކުރިކަން އިއުލާނު ކޮށްފައެއް ނުވެއެވެ.

އޭނާ މިއުޒިކީ ދާއިރާއަށް އަލްވަދާއު ކިޔާކަން އިއުލާނު ކުރުމުން އޭނާގެ ގިނަ ސަޕޯޓަރުން އަންނަނީ މިކަމާ ހިތާމަކުރާކަން ސޯޝަލް މީޑިއާގައި ހާމަކުރަމުންނެެވ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް