ދިވެހި މާހައުލުން  އިންސްޕަޔަރ ވެ، "މަލަދުވީޕާ" ނަމުގައި ފެޝަން އަދި ލައިފްސްޓައިލް ކަލެކްޝަނެއް

އިންޑިއާގެ މަޝްހޫރު، ފެޝަން އަދި ލައިފްސްޓައިލް ކުންފުނި "ގުޑް އާތު"އިން ދިވެހި ރާއްޖޭގެ މާހައުލަށް ބިނާކޮށް "މަލަދުވީޕާ" ނަމުގައި ކަލެކްޝަނެއް ލޯންޗުކޮށްފިއެވެ. މިކަން ނިއު އިންޑިއަން އެކްސްޕްރެސްގައ...

06 Sep 2019 | 06:37

އިންޑިއާގެ މަޝްހޫރު، ފެޝަން އަދި ލައިފްސްޓައިލް ކުންފުނި "ގުޑް އާތު"އިން ދިވެހި ރާއްޖޭގެ މާހައުލަށް ބިނާކޮށް "މަލަދުވީޕާ" ނަމުގައި ކަލެކްޝަނެއް ލޯންޗުކޮށްފިއެވެ.

މިކަން ނިއު އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވާތުގައި ގުޑް އާތު ޓީމުން މި ކަލެކްޝަން އުފައްދާފައިވަނީ އެ ކުންފުނީގެ ޓީމެއް ރާއްޖެ ޒިޔާރަތްކޮށް ރާއްޖޭގެ މާހައުލުން ފެންނަ މާމެލާ މެއްޔާއި ގަސްގަހާގެހި ދިރާސާކޮށް އެތަކެތި އަސްލަކަށް ބަލައިގެންނެވެ.

އެ ކުންފުނީގެ ފައުންޑަރ އަދި ކްރިއޭޓިވް ޑިރެކްޓަރ އަނީތާ ލާލް ބުނެފައިވާގޮތުގައި މި ކަލެކްޝަންގައި ބެޑްޝީޓާއި ކުއިލްޓްގެ އިތުރުން ކާމޭޒުގައި އަޅާ ފޮއްޗާއި ކުޝަން ހިމެނޭނެއެވެ. އަދި ކަޓްލަރީސް އާއި ކްރޮކަރީސްވެސް މި ކަލެކްޝަންގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ލޮއި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ކްރޮކަރީސް ތައްޔާރުކޮށްފައި ހުންނާނީ ރާއްޖޭގައި ބޭނުންކުރާ އޮޑި ދޯނި ފަހަރުން އިންސްޕަޔަރ ވެ އެ ބައްޓަމަށް ކަމުގައިވެސް އަނީތާ ބުނެފައިވެއެވެ.

[contentcards url="https://www.goodearth.in/stories/maladvipa-design-collection-2019-20-edit/" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް