އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން އެމީހުންގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިރޭ މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.
"ޑީޑީކޮމްއިން އާންމުވި ރިޕޯޓްގައި ހިމެނޭ ދެ އިންޓެލިޖެންސް އޮފިސަރުންނަށް އިދާރީ ފިޔަވަޅު އެޅުމަށް މިއަދު އެ ދެމީހުން ވަނީ ފުލުހުންގެ މަސްއޫލިއްޔަތުން ދުރުކުރެވިފައިކަން މި ސާވިސް އިން ކަށަވަރުކޮށްދެން" ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.
އެ ދެ ފުލުހުން މަސްއޫލިއްޔަތުން ދުރުކޮށްފައިވާއިރު އެ ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް އޮފީހުގެ ސިޓީއަކުން ފުލުހުންނަށް އަންގާފައިވާކަމަށް ވެއެވެ.
ފުލުހުން ރޭ ބުނެފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ނަމަވެސް އެ ދެ ފުލުހުން ހައްޔަރުކުރިކަން ނުވަތަ ނޫންކަން އަދި ނޭނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް