މީރާ އާއި ޝާހިދު ގެ ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންނަށް ހުޅުވާލައިފި

މީރާ ރާޖުޕުތް އާއި ޝާހިދު ކަޕޫރަށް އަލަށް ލިބުނު ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ. އިއްޔެ ފިރިހެން ކުއްޖަކު މި ދެމަފިރިންނަށް ލިބިފައިވާއިރު އެކި ފަރާތްތަކުން މަރުޚަބާއާ...

06 Sep 2018 | 09:49

މީރާ ރާޖުޕުތް އާއި ޝާހިދު ކަޕޫރަށް އަލަށް ލިބުނު ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ. އިއްޔެ ފިރިހެން ކުއްޖަކު މި ދެމަފިރިންނަށް ލިބިފައިވާއިރު އެކި ފަރާތްތަކުން މަރުޚަބާއާއި ހެޔޮއެދުންތަކުގެ މެސެޖްތައް އެދެމަފިރިންނަށް އަންނަނީ ފޮނުވަމުންނެވެ. ދަރިފުޅަށް ކިޔާނެ ނަމަކާ ގުޅޭގޮތުން މީރާ ބުނެފައިވަނީ ދަރިފުޅަށް ކިޔާނެ ނަމެއް އަދި ނުހޯދާ ކަމަށެވެ. އެކަމުގެ ޚިޔާލު ހޯދުމަށް އާންމުންނަށް ހުޅުވާލާކަމަށް މީރާ ބުންޏެވެ.

ދެމަފިރިންގެ ފުރަތަމަ ދަރިފުޅު މިޝާއަށް ނަންކިއީ ޝާހިދު ކަމަށާއި މިފަހަރުގެ ދަރިފުޅަށް ކިޔާނެ ނަމެއް ހަމަޖައްސާނީ ފަހަރެއްގައި މީރާ ކަމަށް މީރާ ބުންޏެވެ. ވިހައިގެން އަދި މީރާ އޮތީ ހޮސްޕިޓަލުގައެވެ. މީރާގެ މަންމަގެ އިތުރުން ޝާހިދުގެ މަންމަވެސް ވަނީ ހޮސްޕިޓަލަށް ޒިޔާރާތްކޮށްފައެވެ.

މީރާ އާއި ޝާހިދު އަށް ދެވަނަ ދަރިއެއް ލިބިފައިވާއިރު ޝާހިދު އަންނަނީ ކުރިޔަށް ނިކުންނަން ހުރި ޝާހިދުގެ ފިލްމުތަކުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް