އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާޢީދު ހޯއްދެވުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ކައުންސިލް މެމްބަރ އައިޝަތު ނަހުލާ ކެމްޕޭން ދަތުރުފުޅެއްގައި އއ އަތޮޅަށް ވަޑައިގެންފިއެވެ. އެކަމަނާ އއ އަތޮޅަށް މިކުރައްވާ ދަތުރުފުޅުގައި އއ ގެ ހުރިހާ ރަށަކަށް ވަޑައިގެންނަވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އައިޝާ ވަނީ މީގެކުރިންވެސް ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާޢީދު ހޯއްދެވުމަށް އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ހުންނެވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިންމޭޓާ އެކުކަމަށް ރައްޔިތުންނަށް އަންގައި ދިނުމަކީ މި ކެމްޕޭން ދަތުރުތަކުގެ އެންމެ ބޮޑު ބޭނުންކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ޞާލިހު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އައިޝާ ވަނީ މީގެކުރިން އދ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި އަދި ލ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ. މީގެއިތުރުން ކޯލިޝަން ކެންޑިޑޭޓް އިބޫ އާއެކު ބ އަތޮޅަށްވެސް ވަޑައިގެން ވަނީ ކެމްޕޭން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް