ޅ. ހިންނަވަރުގައި ކުރިން ކުނި އެޅުމަށް ބޭނުންކުރި ސަރަހައްދުގައި ރޭ ދަންވަރު ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. ނައިފަރު ފަޔަރ ސްޓޭޝަނަށް މި ޙާދިޞާގެ ރިޕޯރޓް ލިބިފައިވަނީ ދަންވަރު 3:23 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ޙާދިޞާގެ މަޢުލޫމާތު ލިބުމާއިއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ މި އަލިފާންގަނޑު ނިއްވާލުމަށްޓަކައި ހަރަކާތްތެރިވާން ފަށާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށިން ސިފައިންގެ ޓީމެއް ވެސް ވަނީ އެރަށަށްގޮސް ހަރަކާތްތެރިވާންފަށާފައެވެ.
ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުނަނުދީ ފެން ޖަހައިގެން މި އަލިފާނގަޑު އެއްކޮށް ކޮންޓްރޯލްކޮށްފައިވަނީ ފަތިހު 5:00 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށްގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގޮނޑުގެ ފާރަށާއި ކައިރީގައިހުރި ބައެއް ގަސްގަހަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.
މި ޙާދިޞާގެ ތަޙުގީގު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް