ފުރަތަމަ ބައި...
ޗުއްޓީ ދުވަސްވަރު ކަމުން ހަވީރުގެ ހިތްފަސޭހަ ވަގުތުގައި އެހެންޏާ މަގުމަތިން މީހުން ނުފެންނަވަރަށް ބައި ބަޔައް ކުދި ބޮޑެތި މީހުންތައް ފަރިހެދިލައިގެން މަގުމަތީގައި ހޭލަމޭލަވެ އުޅެއެވެ.
ހަވީރީވާދީ ދޮރާށި ހުޅުވާލާފައި ބޮޑު ދަނޑިއެއް ހިފައިގެން ނިކުތް އަންހެންކުއްޖާ ހަވީރު ގަޑިއަކަސް އެކަހަލަ އެއްވެސް ކަމަކަށް އަޅާލުމެއްނެތި ނިކުމެ މަގުގެ ދެފަރާތައް ބަލާލިއެވެ.
އަދި އަތުގައި އޮތް ބޮޑު ދަނޑި ގޭ ފާރުކައިރީ ބާއްވާފައި މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އަތުންނަގާ އެއްވަރުކޮއްލަމުން ބޮލުމެދައް ބޮޑު ހުޅިއެއް ޖަހާލިއެވެ.
އަވިން އަދާފައިވާ މޫނުމަތީ ހިއްލާފައި ހުރިދާތައް ފޮހެލުމައްފަހު ގުދުވެ، ލައިގެން ހުރި ކަކުލާ ހިސާބަށް އަންނަ އަރިފެޅީ އެއްފަރާތައް ވާގޮތައްޖަހާފައި އިން ގޮށް މުހެލައި ހެދުން ތިރިއަށް ދޫކޮއްލިއެވެ.
އަރައިގެން ހުރި ނޫކުލައިގެ ވަދުލީ ފެންފައިވާން ރަގަޅަށް ފަޔަށް ހެޔޮވަރު ކޮށްލަމުން ހަރުވާޅު އެއްފައި ކުރި މައްޗަށް ހިއްލައިލާލާފައި ކުރިއަށް ހިނގައިގަތީ ދަނޑިނަގާ ކޮނޑުމައްޗަށް ލަމުންނެވެ.
ޝަބާ " މިހާރު ހުރިހާ މަދުތައް އެ ހައްވަ މެން ބިނދެލަފާނެ" އެގެޔާއި ޖެހިގެން ހުރިގޭ ދޮރުމައްޗައް ހުއްޓިލަމުން އެއަންހެން ކުއްޖާ ގޮވާލިއެވެ.
ކުޑަ އިރުކޮޅަކުން ގޭތެރެއިން ބޯދިއްކޮއްލުމަށްފަހު ފަރި ހިގުމެއްގަ ލައިގެން ހުރި ކަޅުކުލައިގެ ޓޮޕް ތިރިޔަށް ދަމާލާފައި އަޅާފައި ހުރި ރަތް ކުލައިގެ ޝޯލް ބޮލުމައްޗަށް ޖަހާފައި އިން ޕިން ރަގަޅުކޮއްލަމުން ޝަބާ އައިސް އެއަންހެން ކުއްޖާ ގާތު މަޑުކޮއްލިއެވެ.
ކޮބާތަ ތާރާ" ޝަބާ އެއަންހެންކުއްޖާ އަތުގައި އޮތް ދަނޑީ އެއްކޮޅުގައި ހިފާލަމުން ބުނެލިއެވެ.
"ދޮންތަ އެބަހުރި އަދިވެސް މޫނުގަ ފުށްޖަހަން" ހަވީރު ވެއްޖެއްޔާ އޭނައަށް ކަމަކު ނުދާނެ މޫނަށް ފުށްގޯންޏެއް އޮއްސާނުލެވެންޏާ" ހިނިގަނޑެއް ޖަހާލަމުން އެކުއްޖާބުނެލިއެވެ.
ތަމަން......... ކުއްލިއަކައް ފަހަތުން ދުވެފައި އައި ކުއްޖާ އެއަންހެންކުއްޖާގެ ނަމުން ގޮވާލަމުން އެތާ ހުއްޓިލިއެވެ. އޭރު އެކުއްޖާ އަށް ހުރީ މާނޭވާލެވިފައެވެ .
އައިޒޫ ހާދަބާރަކައް ދުވެފަ ތިއައީ ކިހިނެއްވީތަ " ތިހާބާރައް ގޮވާލީމަ ސިއްސައިގެންނޭ އެދިޔައީ"ތަމަން އެއްއަތުން އައިޒާގައިގައި ޖަހާލާފައި ބުނެލިއެވެ.
ކުޑައިރުކޮޅަކުން ދޮރާށި ހުޅުވާލާލި އަޑަށް ތިންމީހުން އެއްފަހަރާ އެދިމައަށް ބަލާލިއެވެ. ދޮރާށި ހުޅުވާލާފައި ތާރާ ހިނގައިގަތީ އެމީހުން ގާތަށް ދިއުމަށެވެ. އަބަދުވެސް ރީތިވެލައިގެން ހުންނަ ތާރާއަކީ އެރަށުގައި އެންމެ ރީތި ކުދިންތެރޭ ހޮވާލެވޭ ކުއްޖެކެވެ.
މެދުމިނުގެ އިސްކޮޅަކާއި ބައްޓަން ރީތި ހަށިގަނޑެއް ތާރާ އަށް ލިބިފައިވާ އިރު ލައިފައި ހުރީ ގަޔަށް ބާރު ކުރު ޓޮޕްކޮޅަކާއި ކަޅު ޖީންސެކެވެ.
ކުލައަލި މޫނުމަތީގެ ހަންގަނޑު އޮމާން ކަމުން އެންމެ ބިއްސެއްވެސް ނެތެވެ. ހިނިތުން ވެލާއިރު އަނގައި ގައި އެއްވަރަކަށް އެތުރިފައި ހުރި ދަތްޕިލައިން ތާރާގެ ރީތިކަން އެތައްގުނައެއް ފުރިހަމަ ކޮށްދެއެވެ. އުނަގަނޑުންތިރިއަށް ފައިބާ ބުޅި އިސްތަށިގަނޑު ހާވާލާފައި އޮތް އިރު ވަކިން ރީތި ކަމަށް ދައްކައެވެ.
ރަށުމީހުން ބުނާގޮތުން ނަމަ ތާރާއަށާއި ތަމަން އަށް ލިބިފައިވަނީ އެމީހުންގެ މަންމަގެ ސިފައެވެ. ތާރާއެކޭ އެއް ގޮތަށް ތަމަންގެ ސިފަވެސް ވަރައް ވައްތަރެވެ. ހަށިގަނޑުގެ ބައްޓަމާއި އިސްކޮޅުވެސް އެއްވަރެކެވެ.
ނަމަވެސް ތާރާގެ ގައިގައި ހުންނަދޮންކަން މިހާރު ތަމަންގެ ގަޔަކު ނެތެވެ. އަބަދު މޫދަށް ގޮސްގޮސް އެރީތި ހަންގަޑުވަނީ އަނދާފައެވެ.
ރޭވެއްޖެ ނަމަ ތަމަންގެ އެގޭނީ އެބޮޑު ދެލޮލާއި ހުދު ދަތްޕިލަ އެކަންޏެވެ. ލާފައި ހުރި ދޫ އަރިފެޅިން އެހަށިގަނޑުގެ ބައްޓަން ފޮރުވިފައި ހުއްޓެވެ. ތާރާގެ އިސްތަށިގަނޑަށް ވުރެ ދިގު ތަމަންގެ އިސްތަށިގަނޑު އަބަދު އޮންނަނީހުޅިއެއް ޖަހާލާފައި އެއިސްތަށިގަނޑުގެރީތިކަން ނުފެންނަ ގޮތަށް ހަދާފައެވެ.
ތާރާއަކީ އަބަދުވެސް ރީތިކޮށް ހުރުމައް ލޯބިކުރާ ކުއްޖެއްކަމުން ތަމަންއަށް އެހެން އުޅުމަށް ނަސޭހަތް ދެއެވެ. ނަމަވެސް ތާރާ ހެދުން އެޅުމުގައި ހުންނަ ގޮތް ތަމަންއަށް ކަމުނުދަނީއެވެ. ސިފައިގެ ގޮތުން ދެކުދިން ކިތައްމެ އެއްގޮތް ވިޔަސް ދެކުދިންގެ މިޒާޖް އުޑާއި ބިމާހާއިވެސް ތަފާތެވެ.
ތާރާ އައިސް އެމީހުން ގާތުމަޑުކޮއްލުމުން ހަތަރު ކުދިން އެއްފަހަރާ ހިނގައި ގަތެވެ.
"ބަލާބަ ހުރިހާ އެންމެން ރީތިވެގެން އައި އިރުވެސް ތަމީ ތިހުރީ ފެންނުވަރާ ސަފަރުކަތްދަ ހެދިގެން "
އެންމެން ރީތިވެގެން ހުރިއިރު ތަމަން އެހެން ހުރުމުން ތާރާ އާދައިގެ މަތިން ދިމާކޮއްލިއެވެ.
ތާރާ އެހެން ބުނުމުން ޝަބާއާއި އައިޒާ އެއް އަޑަކުން ހޭން ފެށިއެވެ.
ތާރާއާއި ޝަބާ އަކީ އެއްމެ ކުޑަދުވަހުން ފެށިގެން ވެސް އެކުގައި ބޮޑުވި ދެކުދިންނެވެ.
ދެކުދިން އެއް އަހަރެން ވިޔަސް ޝަބާ ހުންނަލެއް ކުޑަކަމުން ބަލާލާ މީހަކަށް ޝަބާއާއި ތަމަން އެއްވަރެއް ކަމަށް ހީވާނެއެވެ.
އައިޒާ އަކީ އަބަދުވެސް ތަމަންގެ އެންމެ ގާތް އެކުވެރިޔާއެވެ. ތަމަން އެކޭ އެއްގޮތައް އައިޒާގެ ވެސް ހަންގަނޑުވަނީ އެއްކޮށް އަވިން އަނދާފައެއެވެ. ދެކުދިން އެއްކޮއް މަގެއްގެ މަތިން ފެނިއްޖެ ނަމަ އަބަދުވެސް ފިރިހެން ކުދިން ދިމާކޮށްހަދައެވެ.
ތާރާއަށް ތޭވީސް އަހަރު ފުރުން އިރު ތަމަން އަށް ވިހިއަހަރެވެ.
ސުކޫލް ނިމުމުންވެސް ތާރާ އިތުރައްކިޔަވަން ބޭނުން ނުވީ ބައްޕައާއި ކޮއްކޮއަށް އަޅާލަން އެމީހުން ދޫކޮއްލާފައި އެއްވެސް ތާކައް ދާންބޭނުން ނުވުމުންނެވެ.
ސުކޫލް ގައި އުޅުނު އިރުން ފެށިގެންވެސް ތަމަން އަބަދުވެސް ބޭނުންވީ ނަރުހަކަށް ވާށެވެ.ނަމަވެސް މިހާރު ބައްޕަގެ ހާލަތު ހުރިގޮތުން ތަމަން ބޭނުންވަނީ މޮޅު ޑޮކްޓަރަކައް ވެގެން އައިސް ބައްޕައަށް ފަރުވާ ކުރުމަށެވެ.
ނަމަވެސް ކުރިން އެމީހުންނަކީ ރަށުގައި ފުދިގެން އުޅުން ބަޔަކަށް ވިޔަސް އެމީހުންގެ ބައްޕައަށް ދިމާވި ކުއްލި ހިތާމަވެރި ހާދިސާއިން ދުވަހުން ދުވަހައް އަތްމަތިދަނީ ދަތި ވަމުންނެވެ. ގޭގައި ހުރި ފިހާރައިންލިބޭ ރުފިޔާއިން ބައްޕަގެ ބައްޔައް ފަރުވާކޮއްފައި އިތުރު ކަމެއް ކުރެވޭކަށްނެތެވެ.
އެހެން ކަމުން މިހާރު އެހުވަފެން ހަގީގަތަކައް ނުވާނެކަން ތަމަންއަށް ވެސް އެގެއެވެ.
**
އަތިރިމަތީ ބަރި ބަރިއަށް ހެދިފައި ހުރި މަދު ގަސްތަކުން އެންމެ ގިނައިން އަޅާފައި ހުރި ގަހާ ދިމާލައް ހަތަރުކުދިން ހިނގައިގަތެވެ.
ހަވީރު ގަޑިކަމުން ދޮންވެލި ގަނޑު މަތީގައި ބައި ބަޔަށް މީހުން އިށީންދެލައިގެން ތިއްބެވެ.
އެރަށަކީ އެހިސާބު ގަނޑުން ފާހަގަ ކޮއްލެވޭ ރީތީ ގޮނޑުދޮށެއް ލިބިފައި އޮންނަ ރަށެކެވެ.
އަތިރިމަތީ މަދުގަސްތަކާއި ހިރުނދު ގަސް ދޮށުގައި ހަދާފައި ހުރި އަށީގައި މުސްކުޅި ފުރައިގެ މީހުން ކޮޅެއް ތިބިއިރު ހިރުދުގަހުގައި އެލުވާފައި ހުރި އުދޯލި ތަކުގައި ބައެއް އަންހެނުން ކުދިވެރިން ގޮވައިގެން ތިއްބެވެ.
"މިގަހަށް އެރޭނެ ތަމީ އަށް" ތަމަން އެހެން ބުނެ ގަހަށް އަރަން ދިމާކޮއްލިއެވެ.
"ނޫން ތަމީ ނާރާތި" ދަނޑިން ބިންނާނީ" ތާރާ ތަމަން އަށް ގޮތެއް ވެދާނެތީ ބިރުން ތަމަން ގައިގައި ހިފަހައްޓަމުން ބުނެލިއެވެ.އޭރު އައިޒާ އޮތީ ގަހު ކުރީގައެވެ.
" ނުވެއްޓޭނޭ ދޮންތާ ތަމީ ވަރައް ބަލައިގެންނޭ އުޅޭނީ ... ޕްލީޒް" އައިޒާ މަދު ބިންނަ ތަން ފެނި ތަމަން ތާރާ އަތުގައި ހިފައިގެން އާދޭސް ކުރަން ފެށިއެވެ.
ތަމަން އެވަރައް އާދޭސް ކުރަން ފެށުމުން ތާރާ ތަމަން ގެ އަތުން ދޫކޮއްލީ އެހާ މައްޗައް ނާރަން އެއްބަސް ކުރުވާފައެވެ.
ތަމަން އާއި އައިޒާ މަދުބިންނަން ފެށުމުން ޝަބާ އާއި ތާރާ ގަސްދޮށުގައި ބާއްވާފައި އޮއް ރުއްގަނޑެއްގެ މަތީ އިށީނެވެ.
މާކް ބުނި ތާރާ މާކް އާއި ވާހަކަ ނުދައްކާ ވާހަކަ ތެދެއްތަ؟ ޝަބާ ތާރާއާއި އެކަނި ވުމުން ބުނެލިއެވެ.
ހޫމް..... ތާރާ ގަހުގައި މަދުބިންނަން އޮތް ތަމަން އަށް ބަލާލަމުން އެހެން ބުނެލީ އެހާ ބޮޑަށް އަޅާނުލާ ކަހަލަ ގޮތަކަށެވެ.
ކިހިނެއްވީތަ؟ އިއްޔެވެސްތިދެމީހުން ހަމަ އޯކޭ" އަހަރެންނައް އެގިއްޖެ ކޮންމެސް ކަމެއް ގޯސްވެއްޖެ ކަން މާކް ރޫމުން ނުނިކުމެ އުޅެން ފެށީމަވެސް" އަހަރެންއަށް އިއްޔެ ތާރާ ގުޅީމަ ނުނިކުމެވުނީ ބައްޕަގެ ރަށުބައެއް އައިސްގެން ވަރަށް ބިޒީ ކޮއް އުޅުނީ " ދެން ކިޔައިދީބަ "ޝަބާ ތާޜާގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ.
އަހަރެން މާކިންދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަކަށް ނެއް މާކިންބޭނުންވާ ކަންތައް ކޮއްދެވޭކައް"
އަހަރެންގެ ހުރިހާވެސް ބަޔަކީ އަހަރެން ބައްޕައާއި ކޮއްކޮ އެދެމީހުންނައް ވުރެ އަހަރެންނައް އެއްވެސް މީހެއް މުހިންމެއްނޫން"
މާކިން އަހަރެންދެކެ ލޯބިވާ ނަމަ އަހަރެންގެ މަޖުބޫރީ ހާލަތު ގަބޫލް ކުރާނެ"
އެކަމަކު މާކިން ބޭނުންވާ ގޮތައް ކަންތައް ނުވާނެކަން އެގުނީމަ މާކިން އަހަރެން ދޫކޮއްލާފަ ދިޔައީ"
އަހަރެންނަކައް ނޭގެ ހަދާނެ ގޮތެއްވެސް" ތާރާ އެވާހަކަދައްކާނިމުން އިރު ހުރީ ފެންކަޅިވެފައެވެ.
ތާރާ މާކިން ތާރާދެކެ ވަރައް............ އަހަރެން ދެން ބޭނުމެއްނޫން ޝަބާވެސް މާކިން ވާހަކަ ދައްކާކައް" ޝަބާ އަށްއެހާ ހިސާބައް ބުނެވުންތަނާ ތާރާ ޝަބާގެ ވާހަކަ ހުއްޓުވާލިއެވެ.
ތަމީ ދެންފައިބާ އިއޮއް އިރުއޮއްސެނީ" ތާރާ ގޮސް ގަސްކައިރީ ހުއްޓިލަމުން ގޮވާލިއެވެ.
ތާރާ އެހެން ގޮވާލުމުން ބަސްއަހާ ކުޑަކުއްޖެއްހެން ތަމަން ގަހުން ފޭބިއެވެ. މަދު ކޮތަޅު ހިފައިގެން ދޮންވެލި ގަނޑު މަތީ އިށީންދެ ހަތަރު މީހުން މަދުކާން ފެށިއެވެ.
މާކިން ކޮޓަރިން ނުނިކުމެ އޮތް ވާޙަކަ ޝަބާ ބުނިހިސާބުން ތާރާ ކިތަންމެ ހިތްވަރު ކޮއްގެން ހުއްޓަސް މާކިން އާއި ދޭތެރޭ ވިސްނުނެވެ.
ދެމީހުންދޭތެރޭ މައްސަލައެއްޖެހުނަސް މާކިންދެކެ ތާރާވަނީ ހަގީގީ ލޯތްބެވެ. އެހިތުން އެހެން އިންސާނަކަށް ޖާގައެއް ނުދެވޭނެއެވެ.
އިއްޔެ ހަވީރުން ފެށިގެން މާކިން އޭނަގެ ފޯނަށް ގުޅި ވަރުވެސް ތާރާއަށް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް ފޯން ބިޒީކޮށްލީއެވެ.
ދޮންތާ ކިހިނެއްވެފަ" ދޮންތަ ބަލީތަ" ތާރާ އިން ގޮތް ފެނުމުން ތަމަން ތާރާއާއި ގާތަށް ޖެހިލަމުން ބުނެލިއެވެ.
އުނހު... ކަރުގަ އަޅައިގަތީ" ތާރާގެ އަނގައިގައި އެއްބުރި އޮއްވައި ތަމަން ފުންމައިގެން ތެދުވެ ދުއްވައިގަތެވެ.
އެއްމެ ކައިރީ ހުރި ފިހާރައަށް ވަދެ ވުންއިރު ތަމަން ހުރީ ބަލިވެފައެވެ. ލައިފައި ހުރި ހަރުވާޅުގެ ޖީބުން ފަސް ރުފިޔާ ނަގާ ކައުންޓާ މަތީގައި ބާއްވާފައި ބާކީވެސް ނުހިފާ ފެންފުޅި އަތަށްލަމުން ތަމަން ދުއްވައިގަތެވެ.
ތާރާއަކީ ތަމަންގެ ފުރާނައެވެ. ދޮންތަ އަށް ޓަކާ ތަމަންގެ ފުރާނަވެސް ގުރުބާން ކޮއްފާނެއެވެ.
ދޮންތާ އަވަހައް ބޯލާ"ކައިރީ ތިބި ދެކުދިންނައްވެސް އެދެމީހުން އެކަކު އަނެކަކު ދެކެ ވާލޯބި އެވަގުތުވެސް ފެނިގެން ދިޔައެވެ.
ތާރާގެ ލޮލޮން ކަރުނަ ހިލުނީ ތަމަން އޭނަދެކެ ވާލޯބި ހިތަށް އައުމުންނެވެ. މި ލޯބި ލޯބ ކޮއްކޮއާއި އޭނަ ވަކި ވާނީ ކިހިނެއްހެއްޔެވެ. މިލޯއްބައްވުރެ އެއްވެސް ލޯއްބެއް އޭނައަށް މުހިންމެއް ނުވާނެއެވެ.
މާކިންދެކެ ކިތައްމެ ލޯބިވިޔަސް..........
ތާރާ ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ.
ދޮންތާ މިހާރު އޯކޭތަ"ތަމަން ވަރައް ހާސްވެފަ އަހާލިއެވެ. މިހާރު ރަގަޅު " ހިނގާ ދެން ގެއަށް ދާން މިހާރުވެސް މާގިނައިރު ވެއްޖެ ބައްޕަ އެކަނި ބާއްވާފަ ބޭރުގަ އުޅެން" ތާރާ އެހެން ބުނެ ތެދުވުމުން ޝަބާވެސް ތެދުވެ ތާރާގާތު މަޑުކޮށްލިއެވެ.
އޭރު ތަމަން އާއި އައިޒާ ބާކީހުރި މަދުތައް ދެމީހުންނަށް އެއްވަރަށް ބަހަނީއެވެ.
އަހަރެން އެހެން ބުނީމަ އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ؟ޝަބާ ތާރާ ހުރި ގޮތް ފެނުމުން ބުނެލިއެވެ.
އަހަރެން ކީއްވެ ޝާ ދެކެ ހިތްހަމަ ނުޖެހެންވީ" އެނގޭ މާކިން ތިގޭގަ ހުންނާތީ މާކިން އުޅޭގޮތް ފެނުނީމަ ޝާއަށް އެވާހަކަ ދެއްކޭނެކަންވެސް" އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން މާކިންއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަން " މާކިން އެދުވަހު އަހަރެންނާ ރައްޓެހިވީ އެހުރިހާ ކަމެއް ގަބޫލްވެހުރެ " އެކަމަކު މިއަދު"
ތާރާ ވާހަކަ ހުއްޓާލީ ތަމަން އައިސް އެތާ ހުއްޓުމުންނެވެ.
ތާރާ ތަމަން އަތުގައި ހިފާ ހިނގައި ގަތުމުން ޝަބާއާއި އައިޒާވެސް ފަހަތުން އައެވެ.
ގެއަށް ވަދެވުމާއެކު ތާރާ އެއްމެ ފުރަތަމަ ވެސް ދިޔައީ އޭނާގެ ލޯބިވާ ބައްޕަ ގާތަށެވެ.
ބައްޕާ ވަރަށް ލަސްވެއްޖެދޯ.... ތާރާ ބައްޕަ ކައިރީ ގޮނޑީގައި އިށީންދެ ބައްޕަގެ އަތުގައި ހިފާލަމުންވަރައް ލޯބިން ބުނެލިއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް