އެމްޓީސީސީ އިން އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، އައިއެސްއޯ 9001:2015 ސެޓްފިކެޓް ހާސިލްކޮށްފިއެވެ.
އެމްޓީސީސީން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ހާސިލްކޮށްފައިވާކަމަށެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސެޓިފައިކޮށްދީފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އެސްޖީއެސްއިންކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ މަދު ދިވެހި ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައި ކުރެވުނު ކުންފުނި ކަމަށް އެ ކުންފުންނިން ވަނީ ބުނެފައެވެ. އެގޮތުން ކުންފުނީގެ ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް، ޓްރާންސްޕޯޓް ޚިދުމަތް، ލޮޖިސްޓިކް ޚިދުމަތް، އިންޖީން ސްޕެއަރ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން، ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ޚިދުމަތް އަދި އިންޖިނިއަރިންގ އާއި ޑޮކިންގގެ ޚިދުމަތް ސެޓިފައިކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ ގެ އޮޕަރޭޝަންތަކުގެ ތެރެއިން ސެޓިފައި ކުރެވުނު އޮޕަރޭޝަންތަކަކީ:
- ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް
- ޓްރާންސްޕޯޓް ޚިދުމަތް
- ލޮޖިސްޓިކް ޚިދުމަތް
- އާންމު ވިޔަފާރީގެ ދާއިރާއިން، އިންޖީން، ސްޕެއާ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން.
- ފަޅުފުންކުރުމާއި ބިންހިއްކުމުގެ ހިދުމަތް
- އިންޖިނިއަރިން އަދި ޑޮކިންގެ ހިދުމަތް
އެމްޓީސީސީގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ސެޓިފައިކޮށްފައިވާއިރު، އެކުންފުނިން ދަނީ މިއަހަރު ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި ފައިދާގެ ގޮތުގައި ވަނީ 15 މިލިއަން ރުފިޔާ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް