އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ މިނިސްޓަރު ސުޝްމާ އަވަހާރަވެއްޖެ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ މިނިސްޓަރު ސުޝްމާ ސްވަރާޖް މިރޭ އަވަހާރަވެއްޖެއެވެ. އަވަހާރަވީ މިއަދު ހާޓް އެޓޭކެއް ޖެހިވަޑައިގެންނެވުމުން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށެވެ...

06 Aug 2019 | 18:41

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ މިނިސްޓަރު ސުޝްމާ ސްވަރާޖް މިރޭ އަވަހާރަވެއްޖެއެވެ.

އަވަހާރަވީ މިއަދު ހާޓް އެޓޭކެއް ޖެހިވަޑައިގެންނެވުމުން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށެވެ.

ސުޝްމާ، އިންޑިއާގެ އެކްސްޓާނަލް އެފްއާޒްގެ މިނިސްޓަރުކަން 2014 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރެއްވިއެވެ. އަދި އޭގެ ކުރިން ޕާލަމެންޓަރީ އެފެއާޒްގެ މިނިސްޓަރު ކަމާއި ހެލްތު އެންޑް ފެމިލީ ވެލްފެއަރ މިނިސްޓަރު ކަމުގެ އިތުރުން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރުކަންވެސް ކުރިން ކުރެއްވިއެވެ.

މީގެ އިތުރުން ދިއްލީގެ ޗީފް މިނިސްޓަރުކަން 1990 ވަނަ އަހަރު ކުރެއްވިއެވެ.

އަވަހާރަވި އިރު ސުޝްމާގެ އުމުރަކީ 67 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް