ކުރިއަށް އޮތް އަޟްހާ ޢީދު ތެރޭގައި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މި ޢީދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ކަނޑުތައް ވެސް އާދައިގެ ވަރަށް ވުރެ ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިމަހުގެ 10 ވަނަ ދުވަހުން 15 ވަނަ ދުވަހަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން ޢީދު ބަންދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ ފިޠުރު ޢީދު ތެރޭގައި ވެސް ވަނީ މުޅި ރާއްޖެ އަށް ވިއްސާރަކޮށްފައެވެ.
މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ މިމަހުގެ 11 ވަނަ ދުވަހެވެ. ސަރުކާރުން ވަނީ އެ ހަފްތާ އެއްކޮށް ޗުއްޓީ ހަފްތާއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް