ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތައިލައިފިއެވެ.
ކ. ތިލަފުށީގައި އިއްޔެ މިތަކެތި ނައްތައިލީ، ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
ކަސްޓަމްސް އިން އިއްޔެ ވަނީ 13191.65 ކިލޯގެ އޫރުމަހާއި 1610.01 ލީޓަރުގެ ބަނގުރާ ނައްތާލައިގައެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް