އުފާވެރި އަޟްހާ ޢީދު މިއޮތީ ބޯމަތީގައެވެ. ފުރަމާލެއިންނާއި ގްރޭޓާ މާލެ ރީޖަނުން ރަށް ރަށަށް މީހުން ޢީދު ޗުއްޓީއަށް ދާން ތިބީ ހުރިހާ ތައްޔާރެއް ވެގެންނެވެ. މި ތައްޔާރީތަކަށް ފުރިހަމަ ކަމެއް ހަމަ ގައިމުވެސް ގެނުވާނީ ޢީދު ހަދިޔާއިންނެވެ. އަދި ޢީދު ޗުއްޓީއަށް ދާއިރު އަމިއްލަ ބޭނުމަށްވެސް ގަންނަ ތަކެތިންނެވެ.
ޢީދު ހަދިޔާ ގަންނަން ބޭނުންފުޅު ނަމަ އަދި އަމިއްލަ ބޭނުމަށްވެސް ތަކެތި ގަންނަން ދާންވީ ހުޅުމާލޭގައި ހުރި ކެމިސްޓްރީ ފިހާރައަށެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. ތަފާތު ސަޅި ސޭލެއް "ޢީދު ސޭލް" ނަމުގައި ކެމިސްޓްރީ ފިހާރައިން މިވަނީ ފަށާފައެވެ.
އެންމެ ތަފާތު ކަމަކީ 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ހަމަ ވަގުތުން ނަގުދު ފައިސާގެ އިނާމެއް، ހަދިޔާއެއް، ޑިސްކައުންޓެއް އަދި ސެންޓު ފުޅިއެއް ލިބުމުގެ ފުރުސަތު އޮތްކަމެވެ.
"ހަމަ ވަގުތުން އިނާމު ލިބޭނެ، އެ ވެދާނެ ޑިސްކައުންޓަކަށްވެސް 50 ރުފިޔާއަށްވެސް، 500 ރުފިޔާއަށްވެސް، 250 ރުފިޔާގެ އަގުހުރި ގިފްޓް ޕެކަކަށްވެސް" ކެމިސްޓްރީ ފިހާރައިން ބުނެއެވެ.
ކެމިސްޓްރީ ފިހާރައިން ޢީދު ހެދުމާއި ނަން ހުސްކޮށް ކޮސްމެޓިކްސް އާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި ކޮސްމެޓިކްސްގެ އިތުރުން އަންހެން ވެރިންގެ ގާމެންޓްސް، ސްޕޯޓްސް ގާމެންޓްސް، އަންޑަރ ގާމެންޓްސް ހޭންޑް ބޭގް އަދި ފައިވާނާއި ބޫޓުވެސް ލިބެން ހުންނާނެއެވެ.
އަދިވެސް ތަފާތު އެހެން ކަމެއް އެބަ އޮތެވެ. އެއީ 100 ޕަސެންޓް އުފެއްދުމެއް ކަމުގައިވާ ސްކިން ކޭންޑީގެ އުފެއްދުންތައްވެސް ކެމިސްޓްރީ ފިހާރައިން ލިބެން ހުންނަ ކަމެވެ. ސްކިން ކޭންޑީއަކީ 2008ގައި ތައާރަފްކުރި ބްރޭންޑެކެވެ. އެ ބްރޭންޑުގެ ފޭޝަލް، ބޮޑީ ސްކްރަބް، ލިޕް ބާމް، އައި ބާމް އަދިވެސް އިތުރު އުފެއްދުންތައް ހުރެއެވެ. ސްކިން ކޭންޑީގެ ރަސްމީ ފިހާރަ ފިޔަވައި މި އުފެއްދުން ލިބޭނެ ހަމައެކަނި ފިހާރައަކީ ކެމިސްޓްރީއެވެ.
އަދިވެސް ކެމިސްޓްރީ ފިހާރައިގެ ފަރާތުން އުފާވެރި ހަބަރެއް އެބަ އޮތެވެ. އެއީ މި އާޓިކަލް ފޭސްބުކުގައި ޝެއަރ ކުރައްވައިގެން އަގުހުރި ދެ ސެންޓު ފުޅި ލިބުމުގެ ފުރުސަތު އޮތް ކަމެވެ.
ކެމިސްޓްރީ ފިހާރަ ހުންނާނީ ބޮކަރުމާހިގުން ރެހެންދި ސްކޫލު ދެކުނު ހިނގުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް