މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)ގެ އެޕުން ފެން ބިލު ދައްކައިގެން ފަސްހާސް ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.
"އަޅައިގެން 5 ހާސް"ގެ ނަމުގައި އެމް.ޑަބްލިއު.އެސް.ސީން ފެށި މި ޕްރޮމޯޝަނުގައި ނަސީބުވެރި 20 ފަރާތަކަށް ފަސްހާސް ރުފިޔާ ލިބުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްރޮމޯޝަނުގެ ގުރުއަތު ނަގާނީ އޮގަސްޓް 01 2019 އިން 30 ސެޕްޓެމްބަރު 2019 ގެ ނިޔަލަށް އެޕް މެދުވެރިކޮށް ބިލު ދައްކާ ފަރާތްތަކުގެ މެދުގައި ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. މި މުއްދަތުގައި އެޕް މެދުވެރިކޮށް ދައްކާ ކޮންމެ ބިލެއް ގުރުއަތުގައި ހިމެނޭނެއެވެ.
"މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ހިންގާ 2 މަސްދުވަހުގެ މި ޕްރޮމޯޝަންގައި، މަހަކު 10 ނަސީބުވެރިން ހޮވިގެންދާނެ. އަދި ހަމައެހެންމެ، ރ.ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ޚިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަނުގައި ހިމެނޭނެ" އެ ކުންފުނިން ބުންޏެވެ.
ފެން ބިލު ދެއްކުމުގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީގެ އެޕުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި:
- ފެން މީޓަރުން ފެން ބޭނުންކުރެވޭ މިންވަރު ބެލުން
- ފާއިތުވި މަސްތަކުގެ ތެރޭގައި ފެން ބިލްތަކާއި އަދި ފައިސާ ދެއްކިފައިވާ ގޮތުގެ ތަފްސީލު ބަލައިލެވުން
- އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓްތަކުގެ ތަފްސީލު ބަލައިލެވުން
- ބިލްތައް ފޯނަށް ސޭވްކޮށް އަދި އީމެއިލް ކުރެވުން
- ބިލް ތައްޔާރުވުމުންނާއި، ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން އަދި ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމުގެ ކުރިން ފޯނަށް ނޮޓިފިކޭޝަން ލިބުން
- ލައިވް ޗެޓްގެ ޚިދުމަތް
މި އެޕްލިކޭޝަން އެޕްސޮޓޯރުންނާއި، ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް