ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދުނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
މިނިސްޓަރ އަމީރާއި ކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާނީ ދެ ސުވާލެކެވެ. އެއީ މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ނިމިފައިވަނީ ކިތައް ޕްރޮޖެކްޓްތޯ އާއި، އެ ޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާ ދައްކައި ނިމިފައިވަނީ ކިތައް ޕްރޮޖެކްޓަށްތޯ އެވެ.
މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރުކުރުމަށް ޖާބިރު ހުށަހަޅުއްވާފައިވާއިރު، ބުދަދުވަހު ޓްރާސްޕޯޓް މިނިސްޓަރ ފާތިމަތު ނަހުލާ މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ނަހުލާ އާއި ސުވާލުކުރެއްވުމަށް ވެސް ހުށަހަޅުއްވާފައި ވަނީ މެމްބަރު ޖާބިރެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާއަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވެސް ވަނީ ހާޒިރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް