މައިލޯ ކޭހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މަސްމާރުކޭޓު ކައިރިން މައިލޯ ކޭހެއް ވަގަށް ނަގައިގެން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 6:55 ހާއިރު ކަނޑިދޮންމަނިކު ހިނގުމުން، މަސްމާރުކޭޓު ކައިރި ފުލުހުން ޕެޓ...

06 Aug 2019 | 04:03

މަސްމާރުކޭޓު ކައިރިން މައިލޯ ކޭހެއް ވަގަށް ނަގައިގެން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 6:55 ހާއިރު ކަނޑިދޮންމަނިކު ހިނގުމުން، މަސްމާރުކޭޓު ކައިރި ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު ވަގަށް ނަގައިގެން ކަމަށް ބެލެވޭ މައިލޯ ކޭހެއް މީހަކު ސައިކަލަށް ލައިގެން ގެންދިޔަ ކަމަށެވެ. އެމީހާ އާއި ދޭތެރޭ ޝައްކުވެގެން، އެމީހާ ހުއްޓުވާ ފުލުހުން ބަލިބެލުމުން އެއީ ވަގަށް ނަގައިފައިވާ މައިލޯ ކޭހެއްކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މައިލޯ ކޭސް ވަގަށް ނެގީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް