ރެކޯޑު އަގަކަށް އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލެސްޓާ ސިޓީން މެގުއާގެ ސޮއި ޔުނައިޓެޑުން ހޯދީ 80 މިލިއަން ޕައުންޑުގެ އަގަކަށެވެ.
ޔުނައިޓެޑަށް މުގުއާ ބަދަލުވުމާއެކު އޭނާ ވެގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. ކުރިން އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ މިދިޔަ އަހަރު ޖެނުއަރީގައި 75 މިލިއަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ.
ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ބުނީ މެގުއާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ސޮއި ހޯދުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް