ކޮންމެ ހާލަތެއްގައިވެސް މިތިބީ ރައީސް ޔާމީން ބަލިކުރަން ނިކުމެ: 12 އެމްޕީން

ކޮންމެ ހާލަތެއްގައިވެސް ރައީސް ޔާމީނު ބަލިކުރުމަށް ބާރަ އެމްޕީން ތިބީ އެއް އާއިލާއެއްގެ ގޮތުގައި ބަދަހިކަމާއެކުގައި ކަމަށް އެ ބާރަ އެމްޕީން ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލަ ކުރުމަ...

06 Aug 2018 | 14:54

ކޮންމެ ހާލަތެއްގައިވެސް ރައީސް ޔާމީނު ބަލިކުރުމަށް ބާރަ އެމްޕީން ތިބީ އެއް އާއިލާއެއްގެ ގޮތުގައި ބަދަހިކަމާއެކުގައި ކަމަށް އެ ބާރަ އެމްޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލަ ކުރުމަތި ކުރުވާފައިވާ 12 އެމްޕީންގެ ބަސް ގެނެސްދޭ ޓްވިޓާ އެކައުންޓް "ވޮއިސް އޮފް 12 އެމްޕީސް" އިން މިއަދު ބުނެފައިވަނީ އެމްޕީ އަބުޅޯ އާއި އެމްޕީ އަމީތު މިހާރު މިސްރާބު ޖަހާފައި ހުރީ 12 އެމްޕީން ހިމެނޭ ބައެއް އެމްޕީން ހިމެނޭ ހުވަދުއަށް ކަމަށެވެ.

އަދި އެމްޕީ މުސްތޮފާ އެމްޕީ ވައްޑޭ އަދި އެމްޕީ ހުސެއިން ޝަހުދީ އިދިކޮޅު ކެނޑިޑޭޓު އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމާއެކު ތ ލ އަ ވ ގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްފައި ވެ އެވެ.

މި 12 މެމްބަރުންނަކީ ސަރުކާރަށް މަޖިލީހުގައި އޮތް ބޮޑު އަގުލަބިއްޔަތު ގެއްލުވާލައި އިދިކޮޅާ ގުޅުނު ހިސާބުން ފެށިގެން އެކި އެކި ތުހުމަތުތައް ކޮށް އެތައް ފަހަރަކު ޖަލަށްލާ ދައުވާތައް ކޮށްފައިވާ އެމްޕީންނެވެ. ނަމަވެސް މި 12 އެމްޕީން ޕީޕީއެމް ޕީޖީން ނިކުތުމަށްފަހު އޭގެން އެއްވެސް މެމްބަރަކު އެނބުރި ޕީޕީއެމް ޕީޖީ ގްރޫޕަށް ގޮސްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް