އިބޫ އިއްޔެ ވި ވައުދެއް ރައީސް ޔާމީން މިއަދު ފުއްދަވާ ދެއްވައިފި

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވި ވައުދެއް ރައީސް ޔާމީން މިއަދު ފުއްދަވާދެއްވައިފި އެވެ. އެ ވައުދަކީ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ދެން އަންނަ ސަރުކާރެއްގައި ކުޑަކޮށްދޭ...

06 Aug 2018 | 09:43

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވި ވައުދެއް ރައީސް ޔާމީން މިއަދު ފުއްދަވާދެއްވައިފި އެވެ.

އެ ވައުދަކީ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ދެން އަންނަ ސަރުކާރެއްގައި ކުޑަކޮށްދޭނެ ކަމަށް އިބޫ އިއްޔެ ތ މަޑިފުށީގައި ވީ ވައުދެވެ.

އިބޫ އިއްޔެ ތ މަޑިފުށީގައި ވިދާޅުވެފައިވަނީ މުދާ އުފުލާ ދޯނިފަހަރާއި މަސްވެރިކަން ކުރާ ދޯނިފަހަރު ގިނަ މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ އޮޑިދޯނި ފަހަރުން ނަގާ ފީ އާއި ސަލާމަތީ އާކުރުމަށް ނަގާ ފީއަކީ އޮޑިވެރިންނަށް ބުރައެއް ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އެފަދަ ފީތަކާއި އެކި ޖޫރިމަނާތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އަރާ ކޮންމެ ރަށަކުން އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުން އެ ޝަކުވާ އަޅުގަނޑުމެންނާ އެބަ ކުރޭ. މާނައަކީ އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަން ޖެހޭ. ރައްޔިތުންނަށް ބުރަ ބޮޑުވާ ކޮންމެ ކަމަކާ މެދު ވެރިކަމުގައި ތިބޭ މީހުން ވިސްނައި ގޮތް ނިންމަން ޖެހޭނެ ކަމަށެވެ.

އިބޫގެ މި ވައުދު މިއަދުގެ ބައެއް މިއަދު މިވަނީ ރައީސް ޔާމީން ފުއްދަވައިދެއްވާފަ އެވެ. އެގޮތުން އެކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ކުރުމުގެ މަރުހަލާފައި އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާތީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުން ކުރުމަށް ރަޖިސްޓްރީ ކުރެވޭ ލޯކަލް އުޅަނދުފަހަރުގެ ތެރޭން ނުވަ މީޓަރަށްވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނި ފަހަރުގެ އަހަރީ ފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް