ބޮއްކުރާ ޑިންގީ ފީ އިސްތިސްނާކޮށް ޖޫރިމަނާ މާފުކޮށްދޭން ރައީސް ނިންމަވައިފި

ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނިފަހަރުގެ އަހަރީ ފީ ދެއްކުން އިސްތިސްނާކޮށް ޖޫރިމަނާ ތައް މާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވާކަން ހާމަކޮށްފައިވަ...

06 Aug 2018 | 09:29

ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނިފަހަރުގެ އަހަރީ ފީ ދެއްކުން އިސްތިސްނާކޮށް ޖޫރިމަނާ ތައް މާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ކުރުމުގެ މަރުހަލާފައި އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭ ގޮތަށް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާތީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުން ކުރުމަށް ރަޖިސްޓްރީ ކުރެވޭ ލޯކަލް އުޅަނދުފަހަރުގެ ތެރޭން ނުވަ މީޓަރަށްވުރެ ކުދި ބޮއްކުރާ، ޑިންގީ އަދި ކުދި ދޯނި ފަހަރުގެ އަހަރީ ފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށެވެ.

ހަމަ މިޔާއެކު އިސްތިސްނާ ކުރެވޭ ކަނޑުގެ އުޅަނދުތަކުން އަހަރީ ފީ ނުދެއްކިގެން ގޮސް މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާ އާއި، އެކި ސަބަބުތަކާއިހުރެ ގެއްލިފައިވާ ނުވަތަ ނެތިގެންގޮސްފައިވާ ބޮއްކުރާ، ކުދި ދޯނި އަދި ބޮޑެތި އުޅަނދުގެ ރަޖިސްޓްރީ ބާތިލު ނުކުރެވި ދިއުމުން ދައްކަންޖެހިފައިވާ ޖޫރިމަނާވެސް 24 ޖުލައި 2018 އިން ފެށިގެން މާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް