މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނަން: އުމަރު

ރިޔާސީ އިންތިހާބުގައި ކެނޑިޑެސީ ފައިލްކުރުމާއިމެދު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ ފޭސްބުކުގައި ދެންމެ ކު...

06 Aug 2018 | 09:03

ރިޔާސީ އިންތިހާބުގައި ކެނޑިޑެސީ ފައިލްކުރުމާއިމެދު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ފޭސްބުކުގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި އެވެ.

އެ ޕޯސްޓުގައި އުމަރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ސޮއި ހޯދުމުގައި ވޮލަންޓިއަރުން ކޮށްދެއްވި މަސައްކަތކަށް ޝުކުރު ދަންނަވާކަމަށާއި ސޮއި ކޮށްދެއްވި 2200 އަށްވުރެ ގިނަ ބޭފުޅުންނަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

"މި ހަފްތާގަ އަޅުގަނޑު ގޮތެއް ނިންމާނަން" އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ހަތަރު ބޭފުޅަކު ހާމަކުރައްވާފައިވާއިރު އަދި ކެނޑިޑެސީ ފައިލްކޮށްފައިވަނީ ގުޅިފައިވާ އިދިކޮޅު ކޯލީޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަންޏެވެ. ރައީސް ޔާމީން އާއި އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އަދި ކެނޑިޑެސީ ހުށަހަޅުއްވާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް