އިންޑޮނޭޝިޔާއަށް މިހާރު އައިސްގެން އުޅޭ ބިންހެލުމުގައި މިހާތަނަށް 91 މީހަކު މަރުވެފައިވާކަމަށް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. އެފަރާތްތަކާ ހަވާލާދީ ސީއެންއެން ބުނާގޮތުގައި މި ބިން ހެލުމުގައި މަރުވެފައިވަނީ މުޅިންވެސް އިންޑޮނޭޝިޔާގެ މީހުންނެވެ. އަދި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ސަތޭކައަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންޑޮނޭޝިޔާގެ އޮފިޝަލުން ބުނެއެވެ.
6.9 ގެ ބާރު މިނުގައި އައި މި ބިންހެލުމުގައި 200 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ވަނީ ރިޕޯޓްކޮށްފައެވެ. އިންޑޮނޭޝިޔާގައި ފަތުރުވެރިންގެ މެދުގައި މަޤްބޫލުވެފައިވާ ގިލި އައިލެންޑްސް އަށް މި ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ގިލި އައިލެންޑްސް އިން މިހާތަނަށް 200 ފަތުރުވެރިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށާއި ބާކީ 800 ފަތުރުވެރިން ސަލާމަތަށް އެދި އެރަށްތަކުގައި އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިބިން ހެލުމާއި ގުޅިގެން ސުނާމީ އެއް އަތުވެދާނެކަމުގެ އިންޒާރު ކުރިން ނެރުނު ނަމަވެސް ފަހުން އެ އިންޒާރުވަނީ ކެންސަލްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް