ބައިތުލްމާލުން ޙައްޤުގޮތުގައި ޚަރަދުނުކުރާ ވެރިޔަކީ ޚިޔާނާތްތެރިއެއް- ޝެއިޚު އިލްޔާސް

މުސްލިމު ވެރިއެއްގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ހަތަރު ސިފައާ ގުޅޭގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިޚު އިލްޔާސް ހުސައިން ވާހަ...

06 Aug 2018 | 06:24

މުސްލިމު ވެރިއެއްގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ހަތަރު ސިފައާ ގުޅޭގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިޚު އިލްޔާސް ހުސައިން ވާހަކަ ދައްކަވައިފިއެވެ.

ޝެއިޚު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުސްލިމު ވެރިއެއްގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި ޢަދުލު އިންސާފު ގާއިމުކުރުމާއި ބައިތުލްމާލުން ޙައްޤުގޮތުގައި މެނުވީ ޚަރަދު ނުކުރުން ހިމެނޭކަމުގައެވެ. މީގެއިތުރުން ކަންކަމަށް އަމާނާތްތެރިން އައްޔަނުކުރުމާއި ، ރައްޔިތުންގެ ދިރިއުޅުމުގެ އެންމެހައި އަސާސީ ކަންކަން ލުއި ފަސޭހަކޮށްދިނުމަކީ މުސްލިމު ވެރިއެއްގެ އެންމެ އިސްވާޖިބު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ޓްވީޓްގައި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މިކަންކަން ނުކުރެވޭނަމަ އެވެރިޔަކީ ޚިޔާނާތްތެރިއެއްކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ.

ޝައިޚު އިލްޔާސް މީގެކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާޢީދުކުރައްވާކަމަށް ވިދާޅުވުވެފައެވެ. އެޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެ ދެ ބޭފުޅުންވެސް އިސްލާމް ދީނަށް ލޯބިކުރައްވާކަމަށާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާ ކަމުގައެވެ. އަދި ދެ ބޭފުޅުންގެ ފުށުންވެސް ކިބުރު ވެރިކަމާއި ބޮޑާކަން ފެނިފައި ނުވާކަމަށް އެ ޓްވީޓްގައި ވެއެވެ.

ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ޢަދާލަތު ޕާޓީ ހިމެނެއެވެ. ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން ގެންދަވަނީ 12 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް