ޔާމީން ކެނޑިޑަސީ ފައިލްކުރަން އުޅެނީ މަޖުބޫރުން ފުރުވި ފޯމުތަކަކީ ތާއީދުކަމަށް ދެއްކުމަށްފަހު: މަހްލޫފް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑަސީ ފައިލް ކުރަން އުޅެނީ މަޖުބޫރުން ފުރުވި ފޯމު ތަކަކީ އޮތް ތާއީދުކަމަށް ދެއްކުމަށްފަހުގައި ކަމަށް ގަލޮޅު ދ...

06 Aug 2018 | 05:37

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑަސީ ފައިލް ކުރަން އުޅެނީ މަޖުބޫރުން ފުރުވި ފޯމު ތަކަކީ އޮތް ތާއީދުކަމަށް ދެއްކުމަށްފަހުގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.

މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނި/އޮފީސް ތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް މަޖުބޫރުކޮށްގެން ފުރުވި ފޯމުތައް އެއީ ޔާމީނަށް އޮތް ތާއީދުކަމަށް ހާމަކުރުމަށްފަހު ޔާމީންގެ ކެނޑިޑަސީ ފައިލް ކުރަން ނިންމާފައިވާކަމަށެވެ.

ކަންބޮޑުވަނީ އެ ފަރާތްތައް ނުބައި ފޮށިތަކަށް ރަޖިސްޓަރ ކުރަން ރާވާފައި ވާތީ ކަމުގައިވެސް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

https://twitter.com/AhmedMahloof/status/1026328867886182400

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ހަތަރު ފަރާތަކުން ހާމަކޮށްފައިވީނަމަވެސް ކެނޑިޑެސީ ފައިލްކޮށްފައިވަނީ އިދިކޮޅު ކޯލީޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަންޏެވެ. ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު  ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން ކެނޑިޑެސީ ފައިލްކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް