ފިޔަވަތީގެ މުވައްޒަފަކު ޕޮސިޓިވްވެ، ގިނަ ބަޔަކު ކަރަންޓީނަށް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ ހުޅުމާލޭ ފިޔަވަތީގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރ...

06 Jul 2020 | 02:27

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ ހުޅުމާލޭ ފިޔަވަތީގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ ފާޓިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަށް ބަލި ޖެހިފައިވަނީ އައިޖީއެމްއެޗުގެ އައިސީޔޫ ކޯވިޑް ކޭސްތަކާއި ގުޅިގެން ކަމަށެވެ. ފިޔަވަތީގެ މުވައްޒަފަކީ އައިސީޔޫގައި އެޑްމިޓް ކޮށްފައިވާ ބަލި މީހުންގެ ތެރެއިން ޕޮސިޓިވްވި މީހަކާއި އާއިލީ ގުޅުން ހުރި މީހެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި ފިޔަވަތީގެ މުވައްޒަފާއި ގުޅުން ހުރި ގިނަ ބަޔަކު އެތަނުން ފާހަގަވެފައިވާތީ އެ އެންމެން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ކަރަންޓީން ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ ތަނުގައި ބަލަހައްޓަމުންދާ21 ކުއްޖަކާއި11 މުވައްޒަފަކު ކަމަށް ވިދާޅުވި އެވެ.

ކަރަންޓީން ކުރި ކުދިންގެ ތެރޭގައި ހިމެނެނީ ހަ އަހަރާއި11 އަހަރާއި ދެމެދުގެ ކުދިންނެވެ. ކަރަންޓީން ކުރި ކުދިންނާއި މުވައްޒަފުން ތިބީ ފިޔަވަތީގައި އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކުގައި އެވެ.

އައިޖީއެމްއެޗު އައިސީޔޫގައި ވައިރަސް ފެތުރު މައްސަލައިގަ ޓެސްޓު ކުރަމުންދާ މީހުންގެ ތެރެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ11 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް