ހަތަރު އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ

މާފުއްޓަށް މޫދަށް އެރި އުޅުނު އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި ކ. މާފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އާއިލާއެއްގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގ...

06 Jul 2019 | 14:07

މާފުއްޓަށް މޫދަށް އެރި އުޅުނު އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކ. މާފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އާއިލާއެއްގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކުއްޖާ މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފި، ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ފަހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެންދުރުފަހު 2:56 ހާއިރު ކަމަށާއި ކުއްޖާ ނިޔާވިކަމަށް ޑޮކްޓަރު ކޮންފާމް ކޮށްދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް