ލ. ފޮނަދޫ އާއި ގަމުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ހާލަތު ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ބައްލަވާލައްވައިފި އެވެ.
ލ. އަތޮޅަށް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ފޮނަދޫ އާއި ގަމުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޒިޔާރާތް ކުރެއްވިއިރު އެތަނުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ މިނިސްޓަރު ވަނީ ތަނުގެ ހާލަތާއި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފަ އެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ އަތޮޅަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރު އާތިފާއާއެކު އެ ދަތުރުފުޅުގައި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް