ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ!

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި...

06 Jul 2018 | 11:45

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު ލ. އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެކަމަކު ވައިގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ބުނެ އެވެ. ވިލާ ގަނޑުގައި އެންމެ ވައި ގަދަވާނެ ކަމަށް ލަފާ ކުރަނީ 30 މޭލަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާ ނުވަ މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާ 13 ދެމެދު ބާރުމިނުގައި އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް