ބޮލީވުޑްގައި މި ދުވަސްވަރު އެންމެ މަޝްހޫރު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ތަރިއަކީ ސޯނަމް ކަޕޫރެވެ.
ސޯނަމް ކަޕޫރާ ފިރިމީހާ އަނަންދު އަހޫޖާ ކައިވެންޏަށް ފަހު އަޅަމުންދާ ހުރިހާ ފިޔަވަޅެއް އިންޑިއާގެ ބޮލީވުޑް ހަބަރުތައް ގެނެސްތޭ ނޫސްތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ދެމީހުންގެ ކައިވެންޏަށް ފަހު ދިރިއުޅެން ނިންމާފައިވާ ތަނަކީވެސް ނޫސްވެރިން އެނގެން ބޭނުންވި ކަމެކެވެ.
ސޯނަމް ކުރިން ބުނެފައިވަނީ އެމީހުން އިންޑިއާގައި ދިރިއުޅޭނީ އޭނާގެ ގޭގައި ކަމަށެވެ. އެއީ އަނަންދުގެ އާއިލާ އަކީ އިންޑިއާގައި ދިރިއުޅޭ ބަޔަކަށް ނުވެފަ، އަނަންދު ވިޔަފާރި ކުރަނީ އިންޑިއާގެ މުމްބާއީ، ނިއުދިއްލީ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ކަމަށްވާތީ އިންޑިއާގައި އެ އާއިލާގެ މީހާކު ނެތުމުންނެވެ.
އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ސޯނަމް އާއި އަނަންދު މިހާރު ވަނީ އެ ދެމީހުން ކައިވެންޏަށް ފަހު ދިރިއުޅޭ ގެއަކީ މީގެ ތިން އަހަރަު ކުރިން ސޯނަމް މުމްބާއީގެ ގޮނޑުދޮށް ސަރަހައްދުން ގަނެފައިވާ އަގުބޮޑު ގެ ކަމަށް ނިންމާފައި އެވެ. އެ އެޕާޓްމަންޓު ސޯނަމް ގަތީ 35 ކްރޯޑް ރުޕީސް ކަމަށް އޭނާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވެ އެވެ.
އެ ގެ ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރަނީ ސޯނަމް އަމިއްލައަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ސޯނަމް އާއި އަނަންދު ކައިވެންޏަށް ފަހު މިހާތަނަށް އުޅެމުންދިޔައީ ދަތުރު ލަންޑަނުން މުމްބާއީ ދޭތެރޭ ދަތުރު ކުރުމުގައި އެވެ.
އެ ދެމީހުން ކައިވެނި ކުރީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހު އެވެ.
ދަތުރު ކުރުން ނިންމާލުމަށް ފަހު ސޯނަމް މިހާރު ވަނީ އެނބުރި މަސައްކަތައް ނުކުންނަށް ފަށާފައި އެވެ. އެގޮތުން މިހާރު ސޯނަމް ވަނީ ފިލްމު "އޭކް ލަޑްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ގެ ޝޫޓިން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް