ބޮޑު އިވެންޓަކަށް ތައްޔާރުވުމަށް ސަލަފްގެ ޓެކްނިކަލް ޓީމެއް އައްޑޫސިޓީއަށް

އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ ދީނީ ބޮޑު އިވެންޓަކަށް ތައްޔާރުވުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ޓެކްނިކަލް ޓީމެއް މިއަދު އައްޑޫ ސިޓީއަށް ފުރައިފިއެވެ. ޖަމްޢިއްޔަތުއްސަލަފުން ޚަބަރުދޭގޮތުގަ...

06 Jul 2017 | 14:26

އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ ދީނީ ބޮޑު އިވެންޓަކަށް ތައްޔާރުވުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ޓެކްނިކަލް ޓީމެއް މިއަދު އައްޑޫ ސިޓީއަށް ފުރައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ޚަބަރުދޭގޮތުގައި މި އިވެންޓަކީ ސަލަފާއި އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާއެއްކަމަށްވާ ނޫރުލް އިސްލާމް ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އިވެންޓަކީ އައްޑޫ ސިޓީގައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ މިފަދަ ފުރަތަމަ އިވެންޓުކަމަށާއި ތަފްސީލް ފަހުން ހާމަކުރާނެކަމަށް އެޖަމްޢިއްޔާއިން ޚަބަރުދީފައިވެއެވެ.

"އަސްލު މި އިވެންޓަކީ އަޅުގަނޑުމެންވެސް ދުރާލާ ރާވައިގެން ބާއްވާ ބޮޑު އިވެންޓެއް. އައްޑޫ ސިޓީ އަކީ މީހުން ގިނަ ސިޓީއެއްކަމަށްވުމުން އަޅުގަނޑުމެން ރާވާފައިވަނީ އެސިޓީގެ ގިނަ ބަޔަކަށް މަންފާ ކުރާނެ ގޮތަކަށް މި އިވެންޓު ކުރިއަށް ގެންދަން. މި އިވެންޓުގައި ހަމައެކަނި ދީނީ ދަރުސް ދިނުމުގެ އިތުރުން ތަފާތު ޙަރަކާތްތަކެއް ހިންގާ ގޮތަށް ނިންމާފައިވަނީ. އިވެންޓުގެ ތަފްސީލް އިންޝާﷲ ވަރަށް އަވަހަށް ހާމަކުރާނަން." ސަލަފްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުން އައްޑޫ ސިޓީގައި ބާއްވާ އިވެންޓުގައި ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވާގޮތަށް ހަމަޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް