މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފަށައިފި އެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި އެކްސްޕޯގައި ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުގެ ބިންތައް އިމާރާތް ކުރުމަށް ހުރި ފުރުސަތުތަކާއިި މާލީ އިދާރާތަކުން އެކަމަށް ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ދެ އެވެ. އެކްސްޕޯގެ ތެރެއިން ސެމިނާތައްވެސް ކުރިޔަށް ދާ އިރު، މައުރަޒުގައި ބައިވެރިވާ ކުންފުނިތަކުގެ އާ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ލޯންޗުކުރުން އޮންނާނެއެވެ.
މި އެކްސްޕޯ ކުރިޔަށްދަނީ ތަފާތު ބޮޑެތި އިނާމުތަކާއި އެކު އެވެ. އެގޮތުން ބައެއް އިނާމުތަކުގެ ތެރޭގައި ރާއްޖެއިން ބޭރު ދަތުރުތަކާއި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބެ އެވެ.
މިއަހަރުގެ އެކްސްޕޯގައި އެޗްޑިސީ، އެމްއެމްއޭ، އެޗްޑީއެފްސީ، މޯލްޑިވްސް ފައިނެންސް ލީސިން ކޮމްޕެނީ، ސީއެމްޑީއޭ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، ޕެންޝަން އޮފީސް، އިކޮނޮމިކް މިނިސްޓްރީ އަދި މީރާގެ އިތުުރުން ދިރާގާއި އުރީދޫ ބައިވެރިވެއެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކޮންޓްރެކްޓަރުންނާއި، އާކިޓެކްޓުން އަދި އިންޓީރިއަރ ޑިޒަައިނަރުން ހިމެނޭ ގޮތަށް، 30 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.
މިއަހަރުގެ އެކްސްޕޯ އެމްއެމްއޭއިން ކުރިޔަށް ގެންދަނީ އެޗްޑީސީ އާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް