ރައީސް މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންނަވާތީ އެކަން އޭސީސީއަށް އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫން އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނަވަން ނިންމަވައިފި އެވެ. ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގަ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަޔާނެތް ...

06 Jul 2017 | 09:16

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫން އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނަވަން ނިންމަވައިފި އެވެ.

ތީމުގޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގަ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަޔާނެތް ނަގަން ބޭނުން ކަމަށް އަންގާފައިވާތީ ރައީސް މައުމޫން މިއަދު ވަނީ ދަތުރުފުޅާއި ގުޅިގެން އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި އެވެ. ސިޓީގައި ވިދާޅުވެފައިވަނީ އޭސީސީން ބޭނުންވާ ބަޔާން ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަތުމުން ނެގުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

މައުމޫން ވިދާޅުވީ ސިންގަޕޫރަށް ކުރައްވަނީ 10 ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. ސިޔާސީ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގެ އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ. ރައީސް މައުމޫން ފުރާވަޑައިގެންނަވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އޭސީސީން ބޭނުންވާ ބަޔާން ނަގަން ރައީސް މައުމޫންގެ އަރިހަށް ދާން އުޅުމުން އެމަނިކުފާނު ވަނީ ބަޔާން ދޭނީ އޭސީސީއަށް ވަޑައިގެންކަމަށް އަންގާފައި އެވެ. އެކަމަކު އޭސީސީން ބުނީ އެއީ ކޮމިޝަނުގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަންދެން އިންޑި އާއި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު މައުމޫން މާލެ ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް