މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި، ޖަލްސާ އޮންނަ ދުވަހެއް ނޭނގެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށް ފޮނުއްވައިފި އެވެ. އެވެ. ޕީޕީއެމްއިން ހުށަހަޅައިގެން އަލަށް ގެނައި އިސްލާހު ބުނާގޮތުގަ...

06 Jul 2017 | 08:45

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށް ފޮނުއްވައިފި އެވެ. އެވެ.

ޕީޕީއެމްއިން ހުށަހަޅައިގެން އަލަށް ގެނައި އިސްލާހު ބުނާގޮތުގައި މަޖިލީހުގެ ރައީސާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއި އެކު އެވެ. އިދިކޅު ފަރާތްތަކުން ވަނީ މިދިޔަ އާދިއްތަ ދުވަހު މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއި އެކު މަޖިލީހަށް ވައްދާފައި އެވެ.

މައްސަލަ އެޖެންޑާކޮށް މެންބަރުންނަށް މިއަދު ނޯޓިސް ފޮނުވާފައިވާއިރު ޖަލްސާ އޮންނާނެ ދުވަހެއް ނޯޓިސްގައި ވިދާޅުވެފައެއް ނުވެ އެވެ. މަޖިލީހުގެ އަމީން އާންމު ސޮއި ކުރައްވާ ފޮނުއްވާފައިވާ ނޯޓިސްގައި ބުނެފައިވަނީ ޖަލްސާ އޮންނާނެ ތާރީހެއް ވަރަށް އަވަހަށް މެންބަރުންނަށް އަންގަވާނެ ކަމަށެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާ ނިންމާލަމުން ބުނެފައިވަނީ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 24 ގައި ކަމަށެވެ.

ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނީ، އެ މައްސަލައިގެ ނޯޓިސް މެމްބަރުންނަށް ފޮނުވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މަސީހުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވަނީ އިދިކޮޅު މެންބަރުންގެ އިތުރުން ޕީޕީއެމްގެ 10 މެންބަރުންގެ ސޮޔާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް