މާލެއިން ފުރައިގެން ދ. ކަނޑިންމަ ރިސޯޓަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ކ. ބޮލިފުށީ ފަރަށް އަރައިފި އެވެ.
"ޓްރާންސްޕޯޓު 1" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް އަންގާފައިވަނީ ރޭ ފަތިހު 5:17 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ކޯސްޓްގާޑުން ދޯނި ފުން ކުރުމުގައި އެހީތެރިވަމުން ދާކަމަށެވެ.
މިހާދިސާ ހިނގި އިރު ދޯނީގައި ފަސް ދިވެހިން ތިއްބެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
އެ ދޯނި ކަނޑިންމަ ރިސޯޓަށް ދަތުރު ކުރީ މުދާ ހިފައިގެންނެވެ. މުދަލުގެ ތެރޭގައި ހިމެނެނީ ރިސޯޓަށް ބޭނުންވާ މުދާ އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް