އެމެރިކާގެ މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އިޒްރޭލަށް ދިޔާއީ އޭނާގެ އޭޝިއާ ޓުވާގައި ޝޯ ދިނުމަށެވެ.
އިޒްރޭލަށް ދެވުމާއެކު ބްރިޓްނީ ބޭނުންވީ އިޒްރޭލުގެ ޖެރުސަލާމްގައި ހުރި ތާރީޚީ ތަންތަން ބަލާލަން ދިއުމަށެވެ.
https://twitter.com/BritneySources/status/881637490242838530
އެ ތަންތަނަށް ޒިޔާރަތްކުރުމުގެ ތެރޭގައި އެތަންތަނުން ބްރިޓްނީއަށް ވަނީ އޭނާއަށް ސަޕޯޓުކުރާ ބައިވަރު ފޭނުން މަރުޙަބާ ކިޔާފަ އެވެ. މަރުޙަބާ ކިޔަން އެއްވި މީހުންނާއި ނޫސްވެރިން ގިނަވެގެން ގޮސް އެންމެފަހުން ބްރިޓްނީއާއި އޭނާގެ ކުރޫ ބޮޑު މާސިންގާ އެއްވުންގަނޑެއްގެ ތެރޭގައި ފިތުނެވެ.
ފޭނުންނާއި ރަނގަޅަށް ބައްދަލުކޮށްލާނެ ފުރުސަތެއް ނުލިބުނުތާ ޖެރުސަލާމްވެސް ނުބެލުނެވެ. އެންމެ ފަހުން ފޭނުންގެ ކަންތައް ބޮޑުވެގެން ބްރިޓްނީ އިޒުރޭލުގެ ރައީސް ބެންޖަމިން ނަތައްޔާހޫއާއި ބައްދަލުކުރަން ރޭވީ ބައްދަލުވުންވެސް ވަނީ ކެންސަލުކޮށްފަ އެވެ.
https://twitter.com/TheGloryBritney/status/881598552685895680
އެންމެ ކަންތައްގަނޑު ބޮޑުވީ ޝޯގެ ތެރެއިންނެވެ. 50 ހާސް މީހުންގެ ކްރައުޑެއްގައި ބްރިޓްނީ އޭނާގެ އެންމެ ހިޓު ލަވަތައްކަމަށްވާ "ހިޓް މީ ބޭބީ ވަން މޯ ޓައިމް" އަދި "އޫޕްސް އައި ޑިޑިންޓް ގެޓް އިޓް" ފަދަ ލަވަތައް ހުށަހަޅާދިންއިރުވެސް ތަރުޙީބުގެ އައްތިލަ ބަޑިއެއް ޖަހާލީ މަދު ބައެއްކަމަށް ޖެރުސަލާމް ޕޯސްޓިން ބުނެ އެވެ.
ޑެއިލީ މެއިލްއިންވެސް ބުނީ ޝޯ ބަލަން ގޮސް ތިބި ގިނަ މީހުން އުޅުނީ ވާހަކަދެއްކުމާއި، އަމިއްލައަށް ސަކަރާތްޖެހުމާއި، އަދި ސިނގެރޭޓު ބުއިންފަދަ ކަންކަމުގައި މަސްޢޫލުވެގެންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް