އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެއިން ވާދަ ނުކުރަން ނިންމައިފި

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ) ގެ އަންނަ ދައުރުގެ ގޮނޑިއަށް ރާއްޖެއިން ވާދަނުކުރަން ނިންމައިފި އެވެ. ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ...

06 Jul 2017 | 04:15

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ) ގެ އަންނަ ދައުރުގެ ގޮނޑިއަށް ރާއްޖެއިން ވާދަނުކުރަން ނިންމައިފި އެވެ.

ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮަތަށް ނިންމީ އެހެން ދައުރަކަށް ކުރިމަތި ލުމަށް ކަމަށެވެ. ރާއްޖެއިން ކުރިމަތިލީ 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ހޮވާ މެމްބަރު ކަމަށެވެ.

އދ. ގައި އެންމެ ބާރުގަދަ ގުނަަވަންތަކުގެ ތެރޭގައި ހިމެނޭ ޔޫއެންއެޗްއާރުސީގެ މެމްބަރުކަން ދެ ދައުރަކު ރާއްޖެއިން ކޮށްފަ ވެއެވެ. ޖެނީވާގައި ހުންނަ މިޝަނުން ބުނެފައިވަނީ ދެން ވާދަ ކުރާނެ ދައުރެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އަންނަ ދައުރަށް ކުރިމަތިނުލާން ރާއްޖެއިން ނިންމިއިރު ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައެއް ގައުމުތަކުން ވަނީ އެ ކައުންސިލްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ އެ ގޮނޑިއަށް ރާއްޖެ ކުރިމަތިލައިގެން ކާމިޔާބު ނުވާނެ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް