ބޮކްސިން ޗެންޕިއަން މެރިކޮމްގެ ބައޯޕިކްގައި މެރިކޮމްގެ ރޯލު އަދާކުރި އިންޑިއާގެ މަޤުބޫލު ތަރި ޕްރިޔަންކާ ޗޯޕްރާ އިންޑިއާގެ ސުޕާ ބޮކްސިން ލީގު (އެސްބީއެލް) ޕްރެންޗައިސްގެ ދެކުނު އިރުމަތީ އިންޑިއާގެ ޓީމުގެ ކޯ-އޯނަރަކަށް ހަމަޖައްސަން އުޅޭކަމަށް އެ ޤައުމުގެ މީޑިއާއިން ބުނެފި އެވެ.
މިހާރު ދަނީ އެއްބަސްވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުންކަމަށާއި، ރަސްމީކޮށް އެކަން ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށާއި، އަދި ޕްރިޔަންކާއަށް އެ މަޤާމު ލިބުމަކީ އެސްބީއެލް ކުރިއަރައިގެން ދިއުމަށް ލިބޭ ފުރުސަތެއްކަމަށް އިތުބާރު ހުރި ފަރާތަކާއި ޙަވާލާދީ މީޑިއާގައި ބުނެ އެވެ.
އެސްބީއެލްގެ ފުރަތަމަ ސީޒަން އަންނަ ހުކުރު ދުވަހު ފަށާނެ އެވެ.
އެ ލީގުގެ ދެކުނު އިންޑިއާގެ ޓީމުގެ ކޯ-އޯނަރަކީ ސުނީލް ޝެއްޓީއާއި، ބާހުބަލީން ވިދާލި ތަރި ރަނަ ދަގުބަތީ އެވެ. އަދި ދިއްލީ ޓީމުގެ ކޯ-އޯނަރަކަށް ސުޝާން ސިން ރަޖްޕުތް ހަމަޖައްސާފައިވާއިރު ޕަންޖާބު ޓީމުގެ ކޯ-އޯނަރަކީ ސަނީ ލިއޯން އެވެ.
އޭގެ އިތުރުންވެސް އިތުރު ޓީމުތަކުގެ އޯނަރުން ގޮތުގައި މަޝްޙޫރު އެކި ތަރިންވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް