މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ހެދުމުން ފައިދާ ވާނީ އިދިކޮޅު ކޯލިޝަނަށް: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވިޕްލައިނަކާ ހިލާފުވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދައިފި ނަމަ އެކަމުގެ ފައިދާ ވާނީ އިދިކޮޅު ކޯލިޝަނަށް ކަމަށް އައްޑޫ މީދޫ ދާ...

06 Jul 2017 | 03:45

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވިޕްލައިނަކާ ހިލާފުވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދައިފި ނަމަ އެކަމުގެ ފައިދާ ވާނީ އިދިކޮޅު ކޯލިޝަނަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ދެކޮޅުވާ ކޮންމެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ހަދައިފިނަމަ ހުސްވާ ކޮންމެ ގޮނޑިއެއް ލިބޭނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައްޔިތުން ތިބީ އިދިކޮޅު ފަރާތްތަކާއި އެކު ކަމަށާއި ވޯޓަކަށްދާން ރައީސް ޔާމީނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ރޮޒޭގެ ވާހަކައިގަ ވަނީ މެންބަރުންގެ ގޮނޑީ ގެއްލޭގޮތަށް ހަދައިފި ނަމަ އެންމެ ފުރަތަމަ ގެއްލެންވީ ކޮން މެންބަރުންނެތްގެ ގޮނޑިތޯ ސުވާލުކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ސުވާލު އުފެދޭނީ ޕީޕީއެމްގެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ މެދު ކަމަށާއި ޕީޕީއެމްގައި މިހާރު ތިއްބެވި ގިނަ މެމްބަރުންނަކީ އެހެން ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވިފައިވާ މެމްބަރުން ކަމަށެވެ.

ކޮން ޕާޓީއަކުން ވަކިވެގެންތޯ ގޮނޑި ގެއްލެނީ އެބަ އެ ސުވާލު އުފެދޭ. އެ މީހަކު ހޮވުން ޕާޓީންތޯ ނުވަތަ އޭގެފަހުން ގޮސް ވަތް ޕާޓީއަކުންތޯ،" ރޮޒޭ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވިޕްލައިނަކާ ހިލާފުވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހަޅަފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްވެސް ޕީޕީއެމް މެންބަރަކު ނުރުހޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް