އާއިލާއިން އަޅާނުލާ ދޫކޮށްލިޔަސް ހިޔާގައި ތިބި ކުދިންގެ އަޒުމެއް ނުގުޑާނެ!

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ މައިންބަފައިންނާއި އާއިލާއިން ދެރަކޮށް ކަންތައް ކޮށްފައި ވިޔަސް ހިތްވަރާއި އަޒުމު ނުގުޑާނެ ކަމަށް އެ ކުދިން ބުނެފި އެވެ. ހިޔާގައި ތިބި ...

06 Jul 2017 | 03:30

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ މައިންބަފައިންނާއި އާއިލާއިން ދެރަކޮށް ކަންތައް ކޮށްފައި ވިޔަސް ހިތްވަރާއި އަޒުމު ނުގުޑާނެ ކަމަށް އެ ކުދިން ބުނެފި އެވެ.

ހިޔާގައި ތިބި ކުދިންނަށް އަމާޒުކޮށްގެން އެމްއެންޑިއެފްއިން ކުރިޔަށް ގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިނިން ކޯހުގެ ފުރަތަމަ ސެމިސްޓާގައި އެކުދިން ކޮށްފައިވާ މަސައްކަތްތައް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޯސް ފުރިހަމަ ކުރަމުންދާ ކުއްޖަކު ވާހަކަދައްކަމުން ބުނީ މައިންބަފައިންނާއި އާއިލާއިން ކަންތައްކޮށްފައިވާގޮތާއި މެދު ދެރަވިޔަސް އެކުދިންގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށްވެ. އަދި މިފަދަ ކޯހެއް އެކުދިންނަށް ހިންގައިދޭތީ އުފާވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަކީ ތަފާތު ދާއިރާތަކުން ކުރިއަށް ދެވޭނެ ގާބިލުކަންހުރި ކުދިންކަމަށް އަބަދުވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އެންމެ އުފާވަނީ މިއަދު އެކުދިންގެ މަސައްކަތްތަކުން އެކުދިންނަށް އަމިއްލައަށް އެކަން އިހުސާސް ކުރެވޭނެތީކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ލެވަލް ތިނެއްގެ މިކޯހުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ގްރޭޑް ހަތަކުން މަތީގެ 22 ކުދިންގެ ކުރެހުންތައް މި ރަސްމިއްޔާތުގައި ވަނީ ހުށަހަޅާފައެވެ. މިކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި "އެޕްލައިން އިފެކްޓްސް އެންޑް އެނިމޭޝަން" އާއި "ކޮރަލް ޑްރޯ" އަދި "އެޑޯބް ފޮޓޯޝޮޕް" ގެ އިތުރުން "އެޑޯބް ޕްރިމިއާ ޕްރޯ" ހިމެނެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް