ގުރޭމީ އެވޯޑު ހާސިލުކުރި އިނގިރޭސިވިލާތުގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ ވޯލްޑް ޓުވާރގެ ތެރެއިން އިންޑިއާގައި ދޭ ހަމަޖެހިފާވާ ޝޯގެ ޓިކެޓު ވިއްކަން މިމަހު ފަށާނެ އެވެ.
އެ ޝޯ އޮންނަނީ މިއަންނަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
އެ ޝޯއަށް ވަނުމަށް ޓިކެޓު ނެގުމަށް ޖެހޭނީ "ބުކްމައިޝޯއިން" ކިޔާ އޮންލައިން ޕްލެޓުފޯމެއްގައި ރެޖިސްޓްރީ ކުރާށެވެ. މި ޖުލައި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓްރީ ކުރެވޭނެ އެވެ. އަދި މިމަހު 12 ގެ ފަހުން ޓިކެޓު ގަންނަން ލިބޭނެ އެވެ.
ޓިކެޓުގެ އަގު އުޅެނީ 4،750 އަދި 12،000 އިންޑިއަން ރުޕީސްއާއި ދެމެދުގެ އަގެއްގަ އެވެ.
އެ ޝޯ އިންޑިއާގައި ބާއްވަނީ އެއީޖީ، ޕީއާރު ވޯލްޑް، އަދި ބުކްމައިޝޯ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް