ކާރެއްގެ ޑްރައިވަރަށް ނިދިޖެހިގެން ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި މިއަދު ކާރެއް ކޮންޓްރޯލު ނުވެގޮސް ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:41ގައެވެ. އެކްސިޑެންޓް ހިނގާ...

06 Jun 2019 | 14:50

ހުޅުމާލޭގައި މިއަދު ކާރެއް ކޮންޓްރޯލު ނުވެގޮސް ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:41ގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ރީތިގަސްމަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް މަގުގެ ވާތް ފަރާތުގައި ހުރި ގަހެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މި އެކްސިޑެންޓް ހިނގަން ދިމާވީ ޑްރައިވަރަށް ނިދިޖެހުމުން ކަމަށް މައުލޫމާތު ލިބޭ، އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެ އިންޖީނު އެތެރެއަށް ވަދެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓް ވި ވަގުތު އިތުރު ވެހިކަލެއް އެ ސަރަހައްދުގައި ނެތް ކަމަށާއި އެކްސިޑެންޓް ވީ ވަގުތު ކާރުގައި ތިބި ތިން މީހުންނަށް އަނިޔާވެފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ކާރު ދުއްވަން އިން މީހާގެ މެޔަށް ތަދުވާ ކަމަށާއި ކާރުގައި ދެން ތިބި ޗައިނާ ދެމީހެއްގެ އަތަށާއި ފަޔަށް ތަދުވާކަމަށް ބުނެފައިވެއެވެ. ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ ކާރު ދުއްވަން އިން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް