ހުޅުމާލޭގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.
މި މީހާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދަށް ކުރިން ހުޅުމާލޭ ކޯޓުން ޖަހާދީފައިވާ 12 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ދޫކޮށްލީ ހައްޔަރު ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ފުލުހުން ހިލާފުވެފައިވާކަމަށް ބުނެއެވެ. އެގޮތުން ހައްޔަރު ކުރުމަށްފަހު ގެންދަން ޖެހެނީ ހައްޔަރުކުރި ސަރަހައްދާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ކަމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކޮށް ގެންދިޔައީ، ހައްޔަރުކުރި ސަރަހައްދާ ދުރު ޕޮލިސް ސްޓޭޝަނަކަށް ކަމުގައި ވެއެވެ.
ހުޅުމާލޭގައި ފުލުހުންގެ ދެ ސްޓޭޝަނެއް ހުރެއެވެ.
ކޯޓު އަމުރެއްގެ ދަށުން އުމުރުން 19 އަހަރުގެ އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ.
[contentcards url="https://dhuvas.mv/87415" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް