ހުޅުމާލޭގައި ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިންވަނަ ފަހަރަށް ހައްޔަރުކުރި ދެމައިންގެ ތެރެއިން މަންމަ ދޫކޮށްލުމަށްފަހު ދަރިފުޅުގެ ބަންދަށް ކޯޓުން މުއްދަތު ދީފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މި މައްސަލައިގާ ހައްޔަރުކުރި ފިރިހެން މީހާ 10 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ހުޅުމާލެ ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.
"އަންހެންމީހާގެ ބަލި ހާލަތަށް ރިއާޔަތް ކޮށް ޝަރުތު ކޮށް ދޫކޮށްލި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިއަދުގެ އަޑު އެހުމުގައި ފިރިހެން މީހާ ބަންދުގައި ބަހައްޓަން ނިންމުމުން އެ ކޮޓަރީގައި ހުރި މަސްތުވާތަކެއްޗަކީ އޭނާ ބަހައްޓާފައި ހުރި އެއްޗެއް ކަމަށް އިތުރު ފުރުސަތެއް ހޯދައިގެން ފަނޑިޔާރަށް ދަންނަވާފައިވާކަމަށާއި އަދި އޭނާގެ މަންމައަށް އެތަކެއްޗާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށްވެސް އޭނާ ބުނި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް