ދަރިވަރުންގެ ލޯނުން ބާކީ ހުރި ޖާގަތަކަށް ކުރިމަތިލުމަށް މިމަހު ހުޅުވާލަނީ

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލި 242 ލޯނުގެ ބާކީ ލޯނުތަކަށް ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށް އެ މ...

06 Jun 2019 | 07:54

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލި 242 ލޯނުގެ ބާކީ ލޯނުތަކަށް ހުށަހެޅުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ހުސް ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 20 ގައި ހުޅުވާލާނެކަަމަށެވެ.

އެ މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މާރޗް މަހު 21 ގައި އެ ލޯނަށް އެދި 200 އަށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅާފައިވާއިރު ގިނަ އަދަދެއްގެ ދަރިވަރުން ލޯނަށް އެދި ހުށަހެޅި ފޯމު ވަނީ ޑިސްކޮލިފައި ކޮށްފައެވެ.  ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައިވަނީ އޭޕްރީލް މަހުގެ ކުރީކޮޅެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނަށް ނުހޮވުނު ދަރިވަރުން، ނުހޮވުނު ސަބަބާއި ލޯނަށް ހޮވުނު ދަރިވަރުންނަށް ލިބުނު ޕޮއިންޓުތަކުގެ ތަފްސީލު އަންނަ އާދިއްތަ ދުވަހު އެމިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަން ނިންމާފަ އެވެ.

މި 242 ލޯނު ދޫކުރަން ނިންމާފައި ވަނީ އަލަށް ކިޔަވަން ފަށާ 158 ދަރިވަރަކަށާއި މިހާރު ކިޔަވަމުން އަންނަ 84 ދަރިވަރަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް