މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއެއް ހޯދާ 5 މީހުން ހައްޔަރު ކޮއްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއަކަށް ފުލުހުން ވަދެ މަސަތުވާތަކެއްޗައެކު ފަސް މީހަކުހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނެފައިވަނި މި އޮޕަރޭޝަނުގައި ވަދެފައިވަނީ މ. ފެޝަންމީޑްއަށް ކަމަށެވެ. އިއް...

06 Jun 2019 | 07:24

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއަކަށް ފުލުހުން ވަދެ މަސަތުވާތަކެއްޗައެކު ފަސް މީހަކުހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނި މި އޮޕަރޭޝަނުގައި ވަދެފައިވަނީ މ. ފެޝަންމީޑްއަށް ކަމަށެވެ. އިއްޔެ ހަވިީރު 16:19 އެހާއިރު ހިންގި އޮޕަރޭޝަނުގައި މިގެއިން ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދެމީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހާކާއި 33 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި މި ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ މި ގެއަކީވެސް އެގެއިން މަސްތުވާތަކެތި ގަންނަ މީހުންނަށް އެގޭގައި ތިބެގެން މަސްތުވާތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ގެއެެއް ކަމަށާއި މި ގެއަކީވެސް ފުލުހުންނަށް ނުވަދެވޭ ގޮތަށް ދަނގަޑު ދޮރު ހަރުކޮށްފައިވާކަމަށެވެ.

އަދި އެހެން ގެތަކާއި ތަފާތުކޮށް މި ގޭގެ ދޮރު ކައިރީ ސެކިއުރިޓީއަށް މީހަކު ބަހައްޓާ ސެކިއުރީޓީ ބަލަހައްޓަމުން ގެންގޮސްފައިވާކަމަށާއި ގޭ ތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ތަފާތު ލިޔުންތައް ލިޔެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް