ހުޅުމާލޭ ގެއަކުން ތިން ކިލޯ މަސްތުވާތަކެއްޗާއެކު ޖެހިޖެހިގެން ދެ ދުވަހު ހައްޔަރުކޮށް ދެ ފަހަރުވެސް ކޯޓުން ދޫކޮށްލި ދެމައިން ތިންވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ތިންވަނަ ފަހަރަށް ރޭގެ ވަގުތެއްގައި މި ދެމީހުން ހުޅުމާލެ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް މި ދެމީހުން ގެންގޮސްފައިވާކަމަށެވެ.
މި މައްސައިގާ ހިމެނެނީ 52 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. ރޭ ކްރިމިނަލް ކޯޓުން ނެރެފައިވާ ނޫސްބަޔާނަކުން ދޭހަވާގޮތުގައި މި ދެ މީހުންނަކީ ދެމައިންނެވެ.
މި ދެމައިން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަންގާރަ ދުވަހުގެ ވަގުތެއްގައި ބަންދަށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މުއްދަތު ޖަހާދީފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުން ބުނެފައިވާގޮތުގައި މުއްދަތު ޖަހާދީފައިނުވަނީ އެ ގެ ބަލާ ފާސްކުރަން ހޯދާފައިވާ ކޯޓު ދެ އަމުރުގައިވެސް ގާޒީއެއްގެ ނަން ނެތުމުންނެވެ.
[contentcards url="https://dhuvas.mv/87993" target="_blank"]
މި ދެމައިން ދެވަނަ ފަހަރަށް ހައްޔަރުކުރީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ބަންދަށް މުއްދަތު ޖެހުމަށް އިއްޔެ ގެންދިޔައީ ހުޅުމާލޭ ކޯޓަށެވެ. ނަމަވެސް ހުޅުމާލޭ ކޯޓުންވެސް އިއްޔެ މުއްދަތު ޖަހާދީފައެއް ނުވެއެވެ. އިއްޔެ މުއްދަތު ޖަހާދީފައިނުވަނީ އިޖުރާއަތްތައް ފުލުހުން ފުރިހަމަ ކޮށްފައިނުވާކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ރޭގައި ބުނެފައިވަނީ އެ ބުނާ އިޖުރާއަތަކީ މިހާތަނަށް މިފަދަ އެއްވެސް މައްސަލައެއްގައި އަމަލުކޮށްފައި އޮތް އިޖުރާއަތެއް ނޫންކަމަށާއި މިފަދަ ގޮތަކަށް އެކަން ހިނގި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
[contentcards url="https://dhuvas.mv/87996" target="_blank"]
ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން މި މައްސަލައާއި ގުޅިގެން ނޫސްބަޔާނެއް ނެރެފައިވެއެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވާ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އެއްވެސް ތުހުމަތެއް ނެތިއެވެ. އަދި މަސްތުވާތަކެތީގެ ބާވަތަކަށް މި އަންހެން މީހާ ޕޮޒިޓިވް ވި ނަމަވެސް އެއީ ނަފްސާނީ ބައްޔަކަށް އޭނާ ކަމުންދާ ބޭހަކުން ޕޮޒިޓިވްވި ޕޮޒިޓިވް ވުމެއް ކަމާއި އެ ބޭހެއް ކާކަމުގެ ލިޔެކިޔުންތައް ހުރިކަމަށް ޝަރީއަތުގައި ޕޮލިހުން ހުށަހެޅި ކަމަށްވެސް ބުނެފައިވެއެވެ.
[contentcards url="https://dhuvas.mv/88001" target="_blank"]
މީގެ އިތުރުން ދަށު ކޯޓުން މިފަދަ ގޮތަކަށް ދޫކޮށްލުމުން ދެވަނަ ފަހަރަށް ހައްޔަރުކޮށް ދަށު ކޯޓަކަށް މުއްދަތު ޖަހަން ގެންދިއުމަކީ ޖިނާއީ އިޖުއާރަތުގެ ނިޒާމު ފުނޑުފުނޑުކޮށްލުން ފަދަ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި ކަންކުރަން ޖެހޭގޮތަކީ މައްސަލަ ޖެހުނު ކޯޓު އަމުރު މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުން ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް