"ނިއު ނޯމަލް" ގައި ވީއައޭގެ ދަތުރުުތައް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި

ކޯވިޑް-19 އާއި ގުޅިގެން އޮޕަރޭޝަންސްތައް ހުއްޓާލާފައިވާ ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު "ނިއު ނޯމަލް" ގައި ހުޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މިދ...

06 May 2020 | 06:44

ކޯވިޑް-19 އާއި ގުޅިގެން އޮޕަރޭޝަންސްތައް ހުއްޓާލާފައިވާ ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު "ނިއު ނޯމަލް" ގައި ހުޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މާޗްމަހުގެ27 ވަނަ ދުވަހު ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި އެކު ވީއައިއޭގެ އޮޕަރޭޝަންސްތައް ގާތްގަނޑަކަށް ވަނީ ހުއްޓިފައި އެވެ. އަދި މާލޭގެ ލޮކްޑައުނާއި ގުޅިގެން ޑޮމެސްޓިކް ދަތުރުތައްވެސް ހުއްޓާލާފައިވާއިރު މިހާރު ބާއްވަނީ ހަފްތާއަކު ތިން ދުވަހު ކަހަލަ ގޮތަކަށް ކާގޯ ދަތުރުތަކާއި ބައެއް ޗާޓާޑް ފްލައިޓުތަކެވެ.

އެމްއޭސީއެލްއިން ކޮށްފައިވާ ޓުވީޓެއްގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން އެއާޕޯޓުގައި ހިދުމަތް ދިނުމަށް ބިންމަތީގައި މާކްތައް ޖެހުމުގެ މަސައްކަތް ކޮށްފައިވާތަން ފެނެ އެވެ. އޭގައި ފެންނަނީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްއިން ހިދުމަތް ހޯދާ މީހުން ދުރު ދުރުގައި ތިބުމަށް މާކް ޖަހާފައިވާތަނެވެ.

https://twitter.com/MACLmedia/status/1257657252711825411

ބެލެވޭ ގޮތުގައި މި ގޮތަށް އިންޓަނޭޝަނަލް ޓާމިނަލްގައިވެސް ހަދާނެ އެވެ. އިތުރު ތަފްސީލް ދީފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެއާޕޯޓުގެ އޮޕަރޭޝަންސްތައް ފަށަންވާއިރަން "ނިއު ނޯމަލް" ގައި ހިދުމަތް ދޭންޖެހޭނީ މިގޮތަށް ކަމަށްވާތީ އެ މަސައްކަތް ދުރާލާ އެ ކުންފުނިން ފެށީ އެވެ.

ސަރުކާރުން ބުނީ މިގޮތަށް ރާއްޖޭގެ ވައިގެ ދަތުރުތަކާއި އިގްތިސޯދު ހުއްޓާލާފައި މާ ގިނަ ދުވަހު ބޭއްވެން ނެތް ކަމަށެވެ. އެހެންވެ ކޯވިޑް-19 ކޮންމެސް ވަރަކަށް ކޮންޓްރޯލް ވުމާއި އެކު ވަކި ސަރަހައްދުތަކެއްގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލާނެ އެވެ.

ސަރުކާރުން ބުނީ އަންނަ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ތެރޭގައި ވައިގެ ދަތުރުތަކަށް ހުޅުވާލެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޯވިޑަށް ފަރުވާއެއް ލިބެން އޮތީ ވެކްސިނެއް އުފެއްދިގެން ކަމަށްވާތީ އެޗްޕީއޭއިންވެސް ބުނީ މާލެ އަބަދު ލޮކްޑައުންގައި އަދި ރަށްތައް ބަންދުކޮށްފައި ނުބޭއްވޭނެ ކަމަށެވެ. މިހާރު ބަލި ފެތުރެމުންދާ ގޮތް ބެލުމަސް ފަހު ލޮކް ޑައުން އުވާލުމާއި އެކު ދެން އުޅެން ޖެހޭނީ ވެކްސިނެއް ރާއްޖެ އާއި ހިސާބަށް އަންނަން ދެން "ނިއު ނޯމަލް" ލައިފްގައި ކަމަށް އެޗްޕީއޭއިންވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ނިއު ނޯމަލް ލައިފް އަކީ އެކަކު އަނެކަކާއި ބައްދަލުކޮށް ވާހަކަ ދައްކަން ނުތިބުމާއި، ކޮންމެހެން ދާން ޖެހިގެން ނޫޫނީ ގެއިން ބޭރަށް ނުނިކުތުމާއި، ބޭރަށް ނުކުމެއްޖެ ނަމަ ކޮންމެ ތަނަކަށް ގޮސްވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން އުޅުމެވެ. އެއީ ކޯވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް