ކޯވިޑްގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި!

ކޯވިޑްގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. ކޯވިޑްއަށް ޕޮސިޓިވްވި ދެ މީހަކު މިހާތަނަށް މާލެއިން ވަނީ މަރުވެފަ އެވެ. އެއީ ދިވެހި އަންހެނަކާއި ބަންގް...

05 May 2020 | 20:34

ކޯވިޑްގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޯވިޑްއަށް ޕޮސިޓިވްވި ދެ މީހަކު މިހާތަނަށް މާލެއިން ވަނީ މަރުވެފަ އެވެ. އެއީ ދިވެހި އަންހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

މީގެ ތެރެއިން ފުރަތަމަ މަރުވި މީހާ ވަޅުލާފައިވަނީ މާލޭ އާސަރާގައި އެވެ. އިއްޔެ ދެ ވަނަ މީހާ މަރުވި ފަހުން ސިޓީ ކައުންސިލުން ބުނީ ކޯވިޑްގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.

އަދި ބިދޭސީއެއް ވިޔަސް އެއްވެސް ތަފާތު ކުރުމެއް ނެތި ވަޅުލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

https://twitter.com/MaleCitymv/status/1257639648957837313

ކޯވިޑް ޖެހިގެން މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދަނީ އެމްއެންޑީއެފްގެ އެކަމަށް ހާއްސަ ތަމްރީންތަކެއް ދީފައި ތިބޭ ސިފައިންނެވެ.

ސިޓީ ކައުންސިލުން ކުއްލިއަކަށް މިގޮތަށް ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.

އާންމުކޮށް މާލެ އާއި ވިލިމާލޭގައި މީހަކު މަރުވެއްޖެ ނަމަ ވަޅުލަނީ އާސަހަރާގައި އެވެ. އަދި ހުޅުމާލޭ ސަހަރާ ހުޅުވިފަހުން ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާން ހަމަޖައްސާފައިވަނީ އެ ސަހަރާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް