މިދިޔަ މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގުން ގެއްލުނު ބިދޭސީ މީހާ މަރާލި ކަމަށް ބެލެވޭއިރު އެމީހާގެ ހަށިގަނޑުގެ ބައިތަކެއް ކަނޑު އަޑިން ހޯދައިފިއެވެ.
މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ފުލުހުންގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި، ގެއްލިގެން އުޅޭ ލުތުފަރު އޮތްކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފުލުހުން ޑައިވް ކޮށްގެން ކުރެވުނު ސާޗްގެ ތެރެއިން ލުތުފަރުގެ ހަށީގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ވަނީ ހޯދިފައި ކަމަށެވެ.
އެ ބިދޭސީ މީހާއަކީ ޅައިމަގުގައި މާލެ ދަތުރުކުރާ ކުރިމަގު ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ.
އޭނާ ގެއްލިގެން ރަށުތެރެ ހޯދާ ބެލިއެވެ. ނަމަވެސް ނުފެނުނެވެ. ފަހުން އެ ބިދޭސީ ގެއްލުނު މައްސަލައިގާ އެ ދޯނީގައި އުޅޭ އެހެން ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި ފުލުހުން ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ހޮދާފައިމިވަނީ ހައްޔަރުކުރި މީހުންނާއި ސުވާލުކޮށް ހޯދި މައުލޫމާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް